ads
ލަންކާ
ލަންކާގެ ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ދީފި
ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތައް މައިތިރި ކުރުމަށް ކަމަށްބުނެ ލަންކާގެ ފުލުހުންނާއި ސިފައިންނަށް އެގައުމުގެ ސަރުކާރުން ވަރުގަދަ ބާރުތަކެއް ދީފިއެވެ.

މި ބާރުތައް ފުލުހުންނާއި ސިފައިންނަށް ދިނީ އެގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތުގެ ސަބަބުން އެގައުމުގެ ރައީސް އަށް ލިބޭ ގާނޫނީ ބާރުގެ ދަށުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

އިއްޔެއިން ފެށިގެން މުޒާހަރާ ކުރާ ފަރާތްތައް ހުއްޓުވުމަށް އެމީހުންގެ ތެރެއަށް ބަޑިޖެހުމުގެ ބާރު އެގައުމުގެ ފުލުހުންނާއި ސިފައިންނަށް ސަރުކާރުން ދީފައި ވާއިރު، ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާ ބޮޑުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ބާރު ފުލުހުންނާއި ސިފައިންނަށް ދީފައެވެ. 

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންނާއި ސިފައިން ބޭނުން ކޮންމެ ވަގުތެއްގައި ބޭނުން ކޮންމެ ތަނަކަށް ކޯޓު އަމުރެއް ނެތި ވަދެ ބަލާ ފާސްކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. 

ލަންކާގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް އަށް މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެ ފުލުހެއްގެ އިތުރުން މަޖިލީސް މެމްބަރަކުވެސް ހިމެނެއެވެ. 

އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް އެކިވަރުގެ އަނިޔާތައް ލިބިގެން 300 އެއްހާ މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް