ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ވީނިއުސް
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
ކުރިއަށް ހުރި ވަގުތުތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއަދު ހެނދުނު 11:00 އިން ފެށިގެން 17:00 އާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވުމަކީ އެކަށީގެން ވާކަމެއް ކަމަށް ބުނެފައެވެ. 

މިވަގުތު ތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

ރާއްޖޭގެ މޫސުން މިހާރު ގޯސްވަމުން މިދަނީ މި އަހަރުގެ ހުޅަނގު މޫސުން ފެށުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހުޅަނގު މޫސުން ފެށޭ ކަމަށް ބަލަނީ މެއި މަހުން ފެށިގެންނެވެ. ހުޅަނގު މޫސުން ނިމޭނެ ކަމަށް ބަލަނީ ޑިސެމްބަރުގައެވެ.

މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ ނުވަތަ އޮރެންޖް ނުވަތަ ރަތް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް