ads
ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް
މާތްﷲ އާއި އިސްލާމް ދީނަށް އަދި ރަސޫލާއަށް ފުރުއްސާރަ ކުރިކަމަށް ރުސްތުމް އެއްބަސްވެއްޖެ
ފާޅުގައި ސޯޝަލް މީޑިއާގައި އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރިކަމަށް، ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާ، މިއަދު ކޯޓުގައި އެއްބަސް ވެއްޖެ އެވެ.

ރުސްތުމް އަކީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރުމުގެ ސަބަބުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ކޯޓަށް ފޮނުވާފައި ވަނީ މި ހުސްވި 2021 ވަނަ އަހަރުގައެވެ. 

އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ދީނީ އެއްބައި ވަންތަކަން ނަގާލަން އުޅުމުގެ ދައުވާ އެވެ. 

ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލާގައި ރުސްތުމް ހައްޔަރުކުރުމުން ފުލުހުންނަށް ދިން ބަޔާނުގައި ވެސް އޭނާ ވަނީ އެކަމަށް އިއުތިރާފުވެފަ އެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް އެކި ވާހަކަތައް އެ ބަޔާނުގައި ދައްކާފައިވެ އެވެ. ނަމަވެސް މީހެއްގެ މައްޗަށް ކުށް ސާބިތުކުރުމަށް ޝަރީއަތުގައިވެސް އެކަމަށް އިއުތިރާފުވާން ޖެހެއެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް ޖަވާބުދާރީވުމަށް ގާޒީ ވަނީ އަންގަވާފައެެވެ. ދައުވާތަކަށް ޖަވާބުދާރީވަމުން ރުސްތަމް ވަނީ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފަައެވެ. 

އޭނާ ބުނީ ފުރަތަމަ ހައްޔަރުކޮށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވެސް ކުރާ ތުހުމަތުތަކަށް އިއުތިރާފް ވެފައިވާނެ ކަމަށާއި، ދައުވާތަކަށް އިއުތިރާފް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.

އެދައުވާތަކަށް އިއުތިރާފުވުމުން ފަސް މަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބުނުމުން ރުސްތުމް ވަނީ އޭނާ ބަންދުގައި ހަ މަސް ދުވަހު ހޭދަކޮށްފައިވާކަމަށާއި، ދެން ބަންދުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެފައެވެ. 

އެކަން ސާފުކުރަން ގާޒީ ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެތަނުގެ ރެކޯޑްތަކުން ދައްކަނީ ރުސްތަމް ބަންދުގައި ހޭދަކުރީ 29 ދުވަހާއި 22 ގަޑިއިރާއި 19 މިނެޓް ކަމަށް ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ އެކަން އިތުރަށް ސާފުކުރަން ދައުލަތަށް އަންގަވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރުސްތުމް ބުނީ، މިއަދު ކޯޓަށް ގެނައިއިރު ވެސް ފުލުހަކު ބިޑިން ބޮލުގައި ނުޖެހީ ކިރިޔާ ކަމަށާއި، ޖަލުގެ 80 އިންސައްތައަކީ އޭނާއާ ދެކޮޅު މީހުން ކަަމަށެވެ. 

މިމައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް