ads
ކްރިމިނަލް ކޯޓު
އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު
އެއް އާއިލާއެއްގެ ހަ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ހުކުމް ކޮށްފިއެވެ.

އުމުރުން 55 އަހަރުގެ މި މީހާ ވަނީ އެ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މި މައްސަލަ އާއި ގުޅިގެން އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ ބަންދަށް އޭރު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފައެވެ. މުއްދަތް ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތު ތަކަކާއި އެކު އޭނާ ދޫކޮށްލާފައެވެ. 

އޭނާ ދޫކޮށްލުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ފުލުހުން ވަނީ އިއްޔެ އޭނާ އަލުން ހައްޔަރު ކޮށްފައެވެ. 

މިކަމާއި ގުޅުގެން ފުލުހުން ބުނީ، މާލޭގައި ކުޑަކުދިން ތަކަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލަ އާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި 55 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައި ވާކަމަށެވެ. 

ސީއެންއެމް އަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި މީހާ އަކީ އެ ކުދިންގެ ބޮޑުބޭބެ އެވެ. އޭނާ ވަނީ އެކުދިންނަށް އެކިފަހަރު މަތިން ބިރު ދައްކައިގެން ޖިންސީ ގޯނާ ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް