ads
27 އަހަރުގެ، ގއ. ގެމަނަފުށި/ ކެނެރީގެ އަހްމަދު ނާޒިހް
މާރާމާރީއާއި ގުޅިގެން ހޯދަމުންދާ އިތުރު މީހަކު ހޯދާ ހައްޔަރު ކޮށްފި
ޖަނަވަރީ މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މެއި ދެވަނަ ދުވަހު ހިނގި މާރާމާރީއާއި ގުޅިގެން ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެމައްސަލައާއި ގުޅިހެން ހޯދަމުންދިޔަ އުމުރުން 27 އަހަރުގެ، ގއ. ގެމަނަފުށި/ ކެނެރީގެ އަހްމަދު ނާޒިހް މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަަށް ބަންދުކުރަން އަމުރު ލިބިފައިވާ ކަމަށެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މިމަހުގެ ދެވަނަ ދުވަހު މާރާމާރީ ހިންގި މައްސަލަ އަކާއި ގުޅިގެން ހަތް މީހަކު ހޯދުމަށް ފުލުހުން މިމަހުގެ ފަސްވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެމީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:

1- އަހްމަދު ޝިމްހާޒު، ސީނުގެ/ތ. ތިމަރަފުށި (22އ)

2- ލޫތު އަހުމަދު އާސިފް، މ. ލޮނުމިދިލިގެ (18އ)

3- ހަސަން ޒިޔާން އިބްރާހިމް، އުނިމާގެ/ގދ. ވާދޫ(18އ)

4- 15 އަހަރުގެ ކުޑަ ކުއްޖެއް

5- އަހުމަދު ނާޒިހު، ކެނެރީގެ/ ގއ. ގެމަނަފުށި (27އ)

މިހާރު މިމައްސަލައާއި  ގުޅިގެން ހޯދަމުން އަންނަނީ، ބާކީ ތިބި ހަތަރު މީހުންނެވެ. އެއީ:

1- މައުސޫމް މުހައްމަދުދީދީ، ދަފްތަރު ނަންބަރު ރސ2260 (27އ)

2- އަހުމަދު ރަބީއު، ގުލޭނޫރަންމާގެ/ގއ. މާމެންދޫ (24އ)

3- މުނާދު ޖައުފަރު، ނާދީ/ ސ. ހުޅުދޫ (20އ)

7- އަހުމަދު ސާތިއު، ކޮރަލް/ސ. މަރަދޫ (21އ)

މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

މި އީދުތެރޭގައި މާރާމާރީތައް އިތުރުވެ، ގިނަ ބަޔަކު ހަމަލާތައް ދެމުންދާތީ ފުލުހުންގެ ހިންގާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން  

މިމަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރިއިރު އެމީހުން އުޅެމުންދިޔަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓަކުން އެކި ސައިޒުގެ ހަ ވަޅިއާއި، މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ހަ ސެލޯފީން ކޮޅާއި ފިލްމް ހުސްކުރި ދެ ދަޅު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ނަގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް