ads
އެމްއޯ
ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް އަތޮޅުތަކަށް ދެވޭ ސްކޮލަޝިޕް 5 ފަރާތަކަށް!
ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް އަތޮޅުތަކަށް ދެވޭ ސްކޮލަޝިޕް ގައި ހޮވުނު ފަސް ފަރާތްތަކަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ބިނާ ކުރުމަށްޓަކާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް 15 ސްކޮލަޝިޕް ފުރުސަތު މިނިސްޓްރީން ހުޅުވާލީ މިއަހަރުގެ މާރިޗު 11ވަނަ ދުވަހު އެވެ. އެ މުއްދަތުގައި 10 ފަރާތެއް ވަނީ އެޕްލިކޭޝަން ހުށައަޅާފަ އެވެ. އޭގެ ތެރެއިން ސްކޮލަޝިޕް ލިބުނީ ފަސް ފަރާތަކަށެވެ.

ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަޝިޕް އަކީ ރާއްޖޭ ވަކި ހޮސްޕިޓަލްތަކެއްގައި މަސައްކަތް ކުރާނެ ވަކި ދާއިރާތަކަކުން ތަމްރީނުވެފައިވާ ޑޮކްޓަރުން ތައްޔާރުކުރުމަށް ހުޅުވާލެވުނު ފުރުސަތު ތަކެކެވެ.

ސްކޮލަޝިޕް ލިބުނު ފަސް ފަރާތްތަކާއި ބޮންޑު ކުރެވޭ ހޮސްޕިޓަލްތައް:

1. ޑރ. ހައްވާ ނާޖިޒާ އޮފްތަލް މޮލޮޖީ(ލ. ގަން ރީޖަނަލް ހޮސްޕިޓަލް) 

2. ޑރ. ފާތިމަތު އާލިމާ ފަރީދު އެނެސްތިސިއޮލޮޖީ(އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް)

3. ޑރ. އައިޝަތު ޝިއުރާ ޑާރމަޓޮލޮޖީ(ލ. ގަން ރީޖަނަލް ހޮސްޕިޓަލް)

4. ޑރ. މަރިޔަމް ޝިޔާރާ ސަޢުދީ ގައިނޮކޮލޮޖީ(މ.މުލީ ރީޖަނަލް ހޮސްޕިޓަލް)

5. ޑރ. މއައިޝަތު އިނާޝާ ނަޞީރު އިންޓާރނަލް މެޑިސިން(އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް)

ލިޔުން ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮވުނު ފަސް ޑޮކްޓަރުންނަށް މަރުހަބާ ދަންނަވާ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށްބޮޑު ތަސައްވުރެއް ކަމަށާއި، ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ދެވޭ ސްކޮލަޝިޕް ޕްރޮގްރާމް އިއުލާން ކުރިއިރު ވަކި ތަންތަނަށް ހިދުމަތްކުރަން ޝަރުތު ކުރެއްވީ އެ މަގުސަދު ހާސިލު ކުރުމަށްޓަކައި ކަމަށެވެ.

"އެއީ އަތޮޅު ތެރޭގައި ދިވެހި ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ކައިރި ހިސާބުން ފެންވަރު ރަނގަޅު ފުރިހަމަ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ އަމާޒެއްކަމުގައި ވާތީއާއި ވެސް އެކު." މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތުގައި ހެލްތު މިނިސްޓްރު އަހުމަދު ނަސީމް ވަރަށް ބޮޑު އެއްބާރުލުމެއް ލިިބިގެންދިޔަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީއާއި ގާތުން މަސައްކަތް ކުރަނީ ސަރުކާރުގެ ސިއްހީ ދާއިރާގެ މެންޑޭޓް ތަންފީޒު ކުރުމުގައި މީހުން ބިނާކުރުމުގެ ދާއިރާއިން ކޮށްދެވޭނެ ކަންތައްތައް އެންމެ ރަނގަޅަށް އަދި އެންމެ ފުރިހަމައަށް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

" އަޅުގަނޑުމެންގެ މަގުސަދަކީ ސަރުކާރުގެ އެހެން ވުޒާރާތަކުން ވެސް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި އެކަމާ ގުޅުންހުރި ވުޒާރާއަކުން ގާތްކޮށް މަސައްކަތް ކޮށްގެން އެ މަގުސަދު ހާސިލު ކުރުން. ހެލްތު މިނިސްޓްރީއާއެކު އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ. މި ދާއިރާއިން ވަރަށް ސްޕެޝަލައިޒްޑް ޕްރޮގްރާމްތައް އެބަ ކުރެވޭ. މީހުން ހޯދަން މަސައްކަތް ކުރެވޭ. މެންޓަލް ހެލްތު ސްކޮލަޝިޕްތައް އަޅުގަނޑުމެން އިއުލާން ކުރިން. ސްޕެޝަލައިޒްޑް ޑޮކްޓާސް ހޯދަން އަޅުގަނޑުމެން އިއުލާން ކުރިން. އެހެންވީމަ ވަރަށް ބޮޑު ސަމާލުކަމެއް މި ދާއިރާއަށް ދެވިގެން ދޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަހަލަ ފުރުސަތަކަށް ކުރިމަތިލައްވާނީ އެނބުރި ވަޑައިގެން ހިދުމަތް ކުރަންޖެހޭ ތަނަށް ރުހި ގަބޫލުވެގެންކަން ގަބޫލު ކުރައްވާ ކަމަށާއި ހުރިހާ ބޭފުޅުން ކުރިމަތި ލެއްވި ތަންތަނަށް އެނބުރި ވަޑައިގެން ހިދުމަތް ކޮށްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

your imageމިއަދުގެ ރަސްމިޔާތުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވެސް ބައިވެރިވެ ވަޑައިގެން---

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގެން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވިދާޅުވީ މިވަގުތު ހެލްތު ސެކްޓާ ފުޅާކޮށް ރައްޔިތުންނަށް ގާތުން ހިދުމަތްދޭން ބަލާލާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮކްޓަރުން ސްޕެޝަލިސްޓުން އަދި ނަރުހުން އަދި އެހެނިހެން ދާއިރާތަކުން މީހުން މަދުވުން ކަމަށެވެ.  

ވޭތުވެދިޔަ އަހަރުތަކުގައި އެދެވޭ ވަރަށް މިކަންތައް ނުކުރެވި އޮތް ނަމަވެސް މި ސަރުކާރުން މިހާރު ވަރަށް ބާރަށް ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި އެކު މި މަސައްކަތް ދާތީ ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. އަދި އެކަން ފާހަގަކޮށް އެ މަސައްކަތުގެ ފޮނި ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް