ads
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބައެއް ދަނޑުވެރިން މަސައްކަތް ކުރަނީ-- ފޮޓޯ: އޭޕީ
ފަލަސްތީނުގެ ބައެއް މުދާ އެކްސްޕޯޓު ނުކުރެވޭ ގޮތް އިޒްރޭލުން ހަދައިފި
ފަލަސްތީނު ރައްޔިތުންގެ ދަނޑުވެރި އުފެއްދުންތައް އެކްސްޕޯޓު ނުކުރެވޭނެ ގޮތަށް އިޒްރޭލު ސަރުކާރުން ދަތިކުރަން ފަށައިފި އެވެ.

މިއަދުން ފެށިގެން އެގޮތަށް އަމަލު ކުރަމުން ދަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ނަފްތާލީ ބެނެޓުގެ އެންގެވުމަކަށެވެ. 

އެގޮތުން އިޒްރޭލު އަސްކަރިއްޔާއިން ދަނީ އުފެއްދުންތައް ސަޕްލައި ކުރަން ބޭނުން ކުރާ މަގުތައް ބަންދު ކުރަމުންނެވެ. ހާއްސަކޮށް އިޒްރޭލުން ވެރިވެގަނެފައިވާ ސަރަހައްދުގެ ތެރެއިން އުރުދުންނަށް ތަކެތި ގެންދެވޭނެ މަގުތައް ވަނީ ބަންދުކޮށްފަ އެވެ. 

އުރުދުންނަކީ ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގެ އެހެން ގައުމުތަކާއެކު އެކްސްޕޯޓް ވިޔަފާރި ކުރުމަށް އޮންނަ ހަމައެކަނި މަގެވެ.

އިޒްރޭލުން މިފަދަ ގޮތަކަށް ފަލަސްތީނަށް ދަތިކުރަން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިޒްރޭލުގެ ގެރި މަސް ފަލަސްތީނަށް އިމްޕޯޓު ކުރުން ހުއްޓާލަން ނިންމުމުންނެވެ. 

ފަލަސްތީނު ސަރުކާރުން އޭރު ބުނީ އިޒްރޭލުން ވެސް ވިއްކަނީ އެ ތަކެތި އެހެން ގައުމުތަކުން އިމްޕޯޓުކޮށްގެން ކަމަށާއި، އެހެންކަމުން ސީދާ އެގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކޮށްގެން ފަލަސްތީނަށް އެ ތަކެތި ގެނެވޭނެ ކަމަށެވެ. 

އެ ނިންމުމަކީ ފަލަސްތީނުގެ އިގްތިސާދީ މިނިވަންކަން ވަރުގަދަކޮށް، އިޒްރޭލަށް ބަރޯސާވުން ކުޑަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ. 

ނަމަވެސް އެގޮތަށް އަމަކު ކުރަން ފެށުމާއެކު އިޒްރޭލުގެ އެ މާކެޓަށް ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރަން ފެށި އެވެ. އެއާއެކު ފަލަސްތީނުން ނިންމީ އިޒްރޭލުގެ ގިނަ އުފެއްދުންތަކެއް ބޮއިކޮޓް ކުރުމަށެވެ. އެގޮތުން އިޒްރޭލުން މޭވާ އާއި ތަރުކާރީ އަދިއެކި ބުއިންތަކާއި ބޯފެން އިމްޕޯޓް ނުކުރަން ފަލަސްތީނުން ނިންމި އެވެ. 

އިޒްރޭލުން ބުނީ ފަލަސްތީނަށް ދަތި ކުރުން ހުއްޓާލާނީ އެގައުމުގެ ގެރިމަސް ފަލަސްތީނަށް އިމްޕޯޓު ކުރަން ފެށުމުން ކަމަށެވެ. އަދި ފަލަސްތީނުން ބުނީ އިޒްރޭލުން ދަތި ކުރުން ހުއްޓާލުމުން، އެގައުމުގެ މުދާ ބޮއިކޮޓް ކުރުން ހުއްޓާލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް