ads
ރަން ހޯދުމުގައި އުޅުނު މީހުން ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ޑެއިލީ މިރާ
ތަމަޅަ ޓައިގަރުން ވަޅުލި ރަންތަކެއް ހޯދަމުން ދިޔަ ބަޔަކު ލަންކާގައި ހައްޔަރުކޮށްފި
ސްރީލަންކާގެ ތަމަޅަ ޓައިގަރުން ފޮރުވުމަށް ވަޅުލާފައި ހުރި ރަންތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ 21 މީހަކު އެގައުމުން ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިފައިންގެ ތިން މީހަކު ވެސް ހިމެނެ އެވެ. އެތަނުން އެކަކަކީ އަސްކަރީ ކާނަލް އެކެވެ. އެމީހުން ހައްޔަރު ކުރީ ލަންކާގެ ސްޕެޝަލް ޓާސްކް ފޯހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. 

ކިލިނޯޗީގައި އެމީހުން ހައްޔަރު ކުރިއިރު، ތިބީ ސްކޭނަރުން ބޭނުންކޮށްގެން ރަން ވަޅުލާފައި ހުރި ކަމަށް ބެލެވޭ ސަރަހައްދު ކޮންނާށެވެ. ސިފައިންގެ ތިން މީހުން ދިޔެއީ އެ ގްރޫޕަށް ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ. 

އެމީހުން ތިބީ ވެސް ސިފައިންގެ ޔުނީފޯމުގައި ކަމަށް ވެއެވެ. ފޮރުވާފައި ހުންނަ އަގުބޮޑެތި ތަކެތި ހޯދުން ނުވަތަ "ޓްރެޝާ ހަންޓު" ކުރުމަކީ ލަންކާގައި މަނާ ކަމެކެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް