ads
މެސީ
އެންމެ މުއްސަނދި އެތްލީޓަކަށް މެސީ
ފޯބްސްއިން އާއްމު ކުރި ދެހާސް ބާވީސް ވަނަ އަހަރުގެ އެންމެ މުއްސަނދި އެތްލީޓަކަށް ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ލިއަނަލް މެސީ ވެއްޖެއެވެ.

ފޯބްސްއިން އާއްމު ކުރި އެންމެ މުއްސަނދި އެތްލީޓުންގެ ލިސްޓުން މިއަހަރު މެސީ ކުރި ހޯދިއިރު މި އަހަރުގެ ލިސްޓުގެ ދެވަނަ މަގާމް ހޯދާފައިވަނީ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލެބްރޯން ޖޭމްސްއެވެ. އަދި ތިންވަނައަށް އެންމެ މުއްސަނދި އެތްލީޓަކަށް ވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނގެ ފަހަތުން ދެން އުޅެނީ ބްރެޒިލްގެ ނޭމާއެވެ. 

ފޯބްސްގެ ތަފްސީލްތަކުން އެނގޭ ގޮތުގައި މެސީއަށް ކުޅުމުން ފަންސާސް ހަތް މިލިއަން ޑޮލަރު ލިބިފައިވާއިރު، އެހެނިހެން ސްޕޮންސަރޝިޕްތަކުން ފަންސާސް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މެސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސްޕޮންސަރޝިޕްގެ ތެރޭގައި އެޑިޑާސް ހިމެނެއެވެ. މެސީއަކީ އެޑިޑާސްގެ ބްރޭންޑް އެމްބެސަޑަރެކެވެ. ފޯބްސްގެ އެންމެ މުއްސަނދި އެތްލީޓުންގެ ލިސްޓުގެ ގަދަ ދިހައެއްގައި ފުޓްބޯޅަ ކުޅުންތެރިންނާއި ބާސްކެޓް ކުޅުންތެރިންގެ އިތުރުން ދެން ހިމެނިފައިވަނީ ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑެރާ އަދި ބޮކްސްއިން ތެޅުންތެރިއަކާ އެމެރިކަން ފުޓްބޯލް ކުޅުންތެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް