މިއީ ރަނިލް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ހަ ވަނަ ފަހަރެވެ.
ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ކުރިފުޅުމަތީގައެވެ. އެގައުމުގެ ނޫސްތަކުގައި ބުނެފައި ވާގޮތުން، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލީސް މެމްބަރުން ވަނީ ރަނިލް ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ތާއީދު ކޮށްފައެވެ.
ރަނިލް ލަންކާގެ ބޮޑުވަޒީރުކަން އެންމެ ފުރަތަަމަ ކުރައްވާފައި ވަނީ 1993 އިން 1994 އަށެވެ. އޭގެ ފަހުން 2001 އިން 2004 އަށްވެސް ބޮޑުވަޒީރުކުރަން ކުރައްވާފައި ވެ އެވެ.
މީގެ އިތުރުން ރަނިލް ވަނީ 2015 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު 100 ދުވަހަށް ފުރުއްވާފައެވެ.
ރަނިލް އެންމެ ފަހުން އެގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނެވީ، 2018 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށެވެ.