ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިހާރު ލިބިއްޖެ
Share
ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރާއިރު މިއަހަރުގެ ރަމަޝޯން މަހަށް ހަދިޔާކުރާ ކަދުރު މިއަދު ލިބިފައިވާކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފި އެވެ.
Advertisement

އިސްލާމިކު މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ސައުދީ ސަރުކާރުން 50 ޓަނަުގެ ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށެވެ. 

ކަދުރު ހަވާލުކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. އިސްލާމިކް މިނިސްޓްރީން ކަދުރާޢި ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރެވެ. 

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ގައުމުތަކަށް ރަމަޟާން މަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ސަފީރުވަނީ އެ ގައުމުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭއިރު ކަދުރު ބަހާނީ ފަޤީރުންގެ ގޭބިސީތަކަށެވެ. މާލެ، ވިލިމާލެއަށް މާލެސިޓީގެ އެހީތެރިކަމާއިއެކު ކަދުރުބަހަން ނިންމާފައިވާއިރު ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް