ads
އިންޓަނޭޝަނަލްކޮށް ލިސްޓުކުރެވުނު ރާއްޖޭގެ ފުރަތަމަ ޑެލިވަރީ ބްރޭންޑަކަށް ރެޑް ބޮކްސް
އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ލިސްޓުކުރެވުނު ރާއްޖޭގެ ފުރަތަމަ ޑެލިވަރީ ބްރޭންޑަކަށް ރެޑްބޮކްސް ވެއްޖެއެވެ.

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ މައިޔޫއެސް ގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ތަކުގެ ލިސްޓަށް ރެޑްބޮކްސް ގެ ނަން ހިމެނުން ވެގެން ދާނީ ރާއްޖޭގެ ޑެލިވަރީ ހިދުމަތްދޭ ބްރޭންޑެއް އިންޓަރނޭޝަނަލް އީކޮމާސް ޕްލެޓްފޯމެއްގައި ލިސްޓުކުރެވުނު ފުރަތަމަ ފަހަރަށެވެ.

މައިޔޫއެސް އިން ޝިޕް ކުރާ މުދާ ރެޑްބޮކްސް ގެ ޑެލިވަރީ ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށްވެސް ޑެލިވަރީ ކޮށްދެއެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅުއްވާ ބޭފުޅުންނަށްވެސް ވަރަށްބޮޑެތި ފަސޭހަތައް ލިބިގެންދާނެއެވެ.

ރާއްޖޭއަށް ޚާއްޞަކޮށް ރެޑްބޮކްސް އާއި މައިޔޫއެސް ގުޅިގެން ތަޢާރަފު ކޮށްފައިވާ ޓްރޭޑް ލޭން ގެ ދެ ޚިދުމަތަކީ، ރެޑްބޮކްސް އިކޮނޮމީ އަދި ރެޑްބޮކްސް ޕްރިއޮރިޓީއެވެ. ރެޑްބޮކްސްގެ ސީ.އޯ.އޯ ހުސައިން ޝާހިދު ވިދާޅުވާ ގޮތުގައި، ރެޑްބޮކްސް އިކޮނޮމީ އަދި ރެޑްބޮކްސް ޕްރިއޮރިޓީ މެދުވެރިކޮށް 4 ދުވަހާ 7 ދުވަސް ތެރޭ އެމެރިކާއިން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ވެސް ޑެލިވަރީ ކޮށްދިނުމަށް މައިޔޫއެއްސް އިން ނަގާ އަގުގައި ސީދާ ކަސްޓަމަރުގެ އަތަށް ލިބުމަކީ ވަރަށްބޮޑު ލުއިފަސޭހައެއް ކަމުގައެވެ.

މައިޔޫއެއްސް އާއި ރެޑްބޮކްސް އިން ވަނީ ދާދިފަހުން ތަފާތު އިތުރު ޚިދުމަތްތަކާއެކު ގޯޝޮޕް.އެމްވީ ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފައެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް