
ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ޑޮކްޓަރު އަރްޗަނާ ބަޓްރާ، ގެ ފަރާތުން ހަކުރު މަދުވުމާ ބެހޭ ގޮތުން އެނގެން ހުރި ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
ހަކުރު މަދު ކާނާގެ ބާވަތްތަކުގެ ތެރޭގައި އިތުރަށް ކެއުމުގައި ބޭނުން ކުރާ ހަކުރު ނުވަތަ އާޓިފިޝަލް ސްވީޓްނާ މަދުކުރުން ހިމެނެއެވެ. ހަކުރު މަދު ކާނާއަކީ އޭގެ އަމިއްލަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެއްގެ އިތުރުން އެއީ ހަށިގަނޑުގައި އެކުލެވިގެންވާ ގުލްކޯޒްގެ މިންވަރު ދުޅަހެޔޮކޮށް ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭނެ އެއްޗެކެވެ. އަދި އާދަކޮށް ހަކުރު ބޭނުންކުރާ މިންވަރު ދެނެގަނެ، ކެއުމުގެ ރަނގަޅު އަދި ދުޅަހެޔޮ އާދައެއް އުފައްދައިދެއެވެ.
ބަރުދަން ހިފެހެއްޓުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބަރުދަން ލުއިކުރުމަށް ބާރު އެޅުމަށް އެހީތެރިވެދެއެވެ. ހަމަ އެއާއެކު މިއީ ހިތުގެ މައްސަލަތަކާއި ހަކުރު ބައްޔާއި އޮބީސިޓީ އަދި ސްޓްރޯކް ފަދަ ދާއިމީ ބަލިތަކުން ރައްކާތެރިވުމަށް ވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ. އިންފްލެމޭޝަން ދަށްކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ރަނގަޅު މޫޑެއް އާލާކުރުމަށް އެހީތެރިވެދެއެވެ.
ހަކުރު މަދު ކާނާގެ ގޮތުގައި މަޝްހޫރު ވެފައިވަނީ ހަކުރު ގެ މިންވަރު މަދު އަދި ކާބޯހައިޑްރޭޓް މަދު ކާނާގެ ބާވަތްތަކެވެ. އެހެންކަމުން ކާ އެއްޗެހި ގަންނައިރު ލޭބަލްގައި އިންނަ ކާބޯހައިޑްރޭޓްސް އާއި ގުލްކޯޒް އެކުލެވޭ މިންވަރު ކިޔާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުރުހެލިވާންޖެހޭ ކަންތައްތަކާއި، ކެއުމަށް ބޭނުން ކުރަންވާ މިންވަރު ގަތުމުގެ ކުރިން އެނގިފައި އޮތުމަކީ، ވަރަށް ރަނގަޅު ކަމެކެވެ. މީގެ ސަބަބުން ހަކުރު މަދު ޑައެޓް ޕްލޭން ލައިފްސްޓައިލަކަށް މިހާރަށް ވުރެ ރަނގަޅަށް އެޑޮޕްޓް ކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.
ހަކުރު މަދު ކާނާގެ ލައިފްސްޓައިލް އެއް ހޯދުމަށް އޮތް އަނެއް ސިއްރަކީ ޕެކެޓުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކުން ދުރުހެލިވެ، ހުރިހާ ވައްތަރެއްގެ ކާ އެއްޗެހި ކެއުމަށް އިސްކަން ދިނުމެވެ.
ހަކުރު އެކުލެވިގެންވާ މިންވަރު މަދު، ބައެއް ފައިދާހުރި ކާ އެއްޗެހީގެ ތެރޭގައި ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސްގެ ގިނަ އަދަދަކަށް ހިމެނޭ ސިޓްރަސް މޭވާ، ސްޕިނެޗް، ކެބެޖް ހިމެނެއެވެ. މީގެ އިތުރުން ޕޮޓޭސިއަމް، ކެލްސިއަމް ފަދަ ބާވަތްތައް އެކުލެވިގެންވާ ހޯލް ގްރެއިންސް އާއި ނަޓްސް އަދި އޮށާއި، ހާބްސް އަކީ ވެސް ހަކުރު މަދުން އެކުލެވިގެންވާ ބައެއް ފައިދާހުރި ކާނާގެ ބާވަތްތަކެވެ. ހަކުރު ބަލި ހުންނަ މީހުންނަށް ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމަށް ހަކުރު ފްރީ އޮޕްޝަންތަކާއި އޯލްޓަނޭޓިވްސްތައް ފޯރުކޮށްދިނުމުގައި ވެސް ބައެއް ހާބްސް މަޝްހޫރުވެފައިވެއެވެ.
ކާބޯހައިޑްރޭޓް އާއި ހަކުރު ގިނަ އަދަދަކަށް އެކުލެވިގެންވުމުގެ ސަބަބުން އާދަކޮށް އެ ކާނާތައް ކެއުމާއި ދުރުހެލިވާން ޖެހޭ ބައެއް ކާނާތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޕާނާއި، ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ ބުއިންތައް ހިމެނެއެވެ.
ހަކުރު މަދު ކާނާއާ ގުޅިފައިވާ ސިއްހީ ގިނަ ފައިދާތަކެއް އެކުލެވިގެންވާއިރު، ގްލޫކޯޒް ނުވަތަ ކާބޯހައިޑްރޭޓްސް އެއް ގޮތަކަށް ވެސް ބޭނުން ނުކުރުމަކީ ވެސް ހައްލެއް ނޫނެވެ. މިއީ އަހަރުމެންގެ ހަށިގަނޑަށް އެއާ ނުލައި ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ބަލިކަށިވުމާއި، މިނޫންވެސް ޞިއްޙީ ކަންބޮޑުވުންތަކާއި ކުރިމަތިވާ ހަކަތަ ހަށިގަނޑަށް ފޯރުކޮށްދޭ އެއްޗެއްސެވެ. ހަކުރު މަދު ކާނާއަކީ ތައްޔާރީ ކާނާގެ ބަދަލުގައި ތާޒާ ކާނާ ކެއުމަށް ހިތްވަރު ދިނުމުގެ ގޮތުން ތައްޔާރުކުރާ ޑައިޓެކެވެ.
ވަކި ޑައިޓަކަށް އަމަލު ކުރުމުގެ ކުރިން، ޑައިޓީޝަން އާ މަޝްވަރާކޮށް، ސިއްހީ ހާލަތާ އެކަށީގެންވާ ރަނގަޅު ޑައިޓް ޕްލޭނެއް ހޯދުމަކީ މުހިންމު ކަމެކެވެ.