ads
ސްނިލް
އަހަންނަށް 60 އަހަރު ވިޔަސް މީހުން ބުނޭ އަދި މުސްކުޅިއެއް ނޫނޭ: ސުނިލް
ދުންފަތުގެ ބާވަތްތައް ޕްރޮމޯޓު ކޮށް، އިންޑިއާ ކެންސަރުގެ ސިޓީއަކަށް ހަދަނީ ބޮލީވުޑް އެކްޓަރުން ކަމަށް ޓްވިޓާގައި ބުނާ ޕޯސްޓެއްގައި މިފަހުން ބޮލީވުޑްގެ މަޝްހޫރް ތަރި ސުނިލް ޝެޓީ ޓެގްކޮށްފައިވެއެވެ.

އަޖޭ ދޭވްގަން، އަކްޝޭ ކުމާރު އަދި ޝާހްރުކް ހާން ފަދަ މަޝްހޫރު އެކްޓަރުންތަކެއް މިފަހުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ބްރޭންޑެއް ޕްރޮމޯޓުކޮށްފައެވެ. އެހެންނަމަވެސް މީގެ ތެރޭގައި ސުނިލް އެއް ނުހިމެެނެވެ. 

ބޮލީވުޑުގެ އެކްޓަރުން ދުންފަތައް ހިތްވަރުދޭ ކަމަށް ބުނެ ޓްވިޓާގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ޕޯސްޓުކޮށްފައިވަނީ އެ ޕްރޮމޯޝަން އާއި ގުޅިގެންނެވެ. އަޖޭ ދޭވްގަންގެ ބަދަލުގައި އޭގައި ސްނިލް އޮޅިގެން ޓެގް ކުރެވިފައިވާ ކަމަށް ބުނެ، އޭނާ އެ ޓްވީޓަށް ދިން ރައްދުގައި ބުނެފައިވަނީ، އައިނުގެ ނަންބަރު ބަދަލުކޮށް ނުވަތަ އައިނު ބަދަލުކުރުމަށް އެދޭ ކަމަށާއި، އޭނާއަކީ އެފަދަ ދުންފަތުގެ ބާވަތްތައް ބޭނުންކުރި އަދި ބޭނުންކުރާ މީހެއްވެސް ނޫންކަމަށެވެ. އަދި އެފަދަ ބްރޭންޑެއް ޕްރޮމޯޓުކުރި މީހެއްވެސް ނޫން ކަމަށެވެ. 

އެ ޓްވީޓާއި ގުޅިގެން މިފަހުން އިވެންޓެއްތެރޭ ސުނިލްއާއި ސުވާލުކުރުމުން ބުނީ، އެއީ އޭނާގެ ފަރާތުން މީހަކަށް ދިން ރައްދެއް ނޫންކަމަށާއި، ހަމައެކަނި ދިނީ ނަސޭހަތެއް ކަމަށެވެ. އެއީ އެ ޓުވީޓުގައި އޭނާއަށް އޮޅިގެން އަޖޭގެ ބަދަލުގައި އޭނާ ޓެގްކޮށްފައި ވުމުން ކަމަށް ސުނިލް ބުންޏެވެ. 

ދުންފަތުގެ ބާވަތްތައް ޕްރޮމޯޓުކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން ސުނިލް ބުނީ އޭނާގެ މުޅި ދިރިއުޅުމުގައިވެސް ދުވަހަކުވެސް އެފަދަ ބާވަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ޕްރޮމޯޓުކޮށްފައިވެސް ނުވާނެ ކަމަށެވެ. 

ސުނިލް އިތުރަށް ބުނީ، އޭނާ އަށް 60 އަހަރުވެފައިވިޔަސް މުސްކުޅި ކަމަށް ނުދައްކާކަމަށް ވަަރަށް ގިނަ މީހުން އޭނާ ގާތުގައި ބުނާ ކަމަށާއި، ސަބަބަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާތީ ކަމަށެވެ. 

your imageސްނިލް ޒުވާން ދުވަސްވަރު

ސްނިލް ބުނީ ފިލްމީ އިންޑަސްޓްރީގައި އެފަދަ ކަންކަން ކުރާ މީހުން ނޫޅޭކަމަށް އޭނާ ބުނަނީ ނޫން ކަމަށެވެ. އަލްކަހޯލް ބޭނުންކުރާ މީހުންވެސް ވަަރަށް ގިނަ ކަމަށާއި، އެ އެއްޗެހި އެޑްވަޓައިޒް ކުރަންވާނީ އެއްޗެއް ބޭނުންކުރާނަމަ ކަމަށް އޭނާ ދެކޭ ކަމަށެވެ. 

ބޮލީވުޑް އިންޑަސްޓްރީގެ އެފަދަ ވަރަށް ގިނަ ކަންކަން ހިނގާކަން ފާހަގަކޮށް އޭނާ ބުނީ އޭނާގެ ދިގު ކެރިއަރުގައި އިންޑަސްޓްރީގެ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށާއި އޭނާ އުޅެނީ އެކަންކަމާއި ދުރުވެގެން ކަމަށް ސުނިލް ބުންޏެވެ. 

އޭނާއަކީ އަލްކަހަލޯވެސް ބޭނުންކުރާ މީހެއް ނޫންކަން ފާހަގަކޮށް ބުނީ، ކެއުމުގައި ހަކުރުގެ ބާވަތްތައްވެސް އޭނާ އެހާ ގިނައިން ބޭނުން ނުކުރާ ކަމަށާއި، އެހާ ގިނައިން ނުވެސް ކާ ކަމަށެވެ. އެކަމަކު އެހެންމީހުން ގޯސްވެފައި އޭނާ އަކީ އެންމެ ރަނގަޅު މީހާއޭ ބުނަނީ ނޫންކަމަށްވެސް ސްނިލް ބުންޏެވެ. 

ނަމަވެސް އެ ޓްވީޓުގައި، އިންޑިއާ ހާލަކުކުރަނީ ކަމަށާއި، ކުޑަކުދިން ހަލާކުކުރަނީ ކަމަށާއި، ކެންސަރު އިންޑިއާއަކަށް ހަދަނީ ކަމަށް ބުނެ އެ ޓްވީޓުކޮށް އޭނާއަށް ޓެގުކޮށްފައިވާތީ އެއަށް ރިޕްލައި ކުރަންޖެހުނީ ކަމަށް ސުނިލް ބުނެފައިވެއެވެ. 

79%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް