ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ރޮއިޓާޒް
ލަންކާގެ އިދިކޮޅުން ރަނިލް އަށް ތާއީދު ނެތް ކަން ހާމަ ކޮށްފި
ލަންކާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެގައުމުގެ ބޮޑުވަޒީރު ކަމަށް އަލަށް އައްޔަން ކުރެއްވި ރަނިލް ވިކްރަމަސިންހަ އަށް ތާއީދު ނުކުރާނެ ކަމަށް ބުނެފިއެވެ.

ލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ އެސްޖޭބީ އިން ބުނެފައިވަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތަށް ރަނިލްގެ ފަރާތުން ކުރެވިދާނެ ކަމެއް ފެންނަން ނެތް ކަމަށެވެ. ސަބަބަކީ މީގެ ކުރިންވެސް ގައުމުގެ ބޮޑުވަޒީރުކަން ރަނިލް ކުރެއްވި އިރު، ގައުމަށް ކޮށްދެވުނު ކަމެއް ފެންނަން ނެތުމުން ކަމަށް އެސްޖޭބީ އިން ވަނީ ބުނެފައެވެ. 

"ރަނިލް ބޮޑުވަޒީރުކަމުގެ މަގާމު ގައި ހުންނެވި، ސަރުކާރުތައް އެކުލަވާލެއްވި ބޭފުޅަކަށްވާއިރު، އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައިވެސް ރަނިލްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި. މަޖިލީހަށް ވަނުމަށް ބޭނުންވާ އަދަދަށް ވޯޓު ވެސް ނުލިބުން. އޭނާގެ އެއްވެސް މެންޑޭޓެއް ނެތް" އެސްޖޭބީ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެސްޖޭބީއިން ވަނީ ލަންކާގެ ރައީސް ގޮތަބަޔާ މަގާމުން ދުރުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ. އެކަމާއި މެދު މަޝްވަރާ ކުރުމަށާއި، ރަނިލް އާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު އެޕާޓީން ވަނީ ނިންމާފައެވެ. 

ރަނިލް ވަނީ އެގައުމުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެ އެގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. 

އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މިއީ، ލަންކާގެ ސަރުކާރުން ރާވައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް