ads
މިދިޔަ އަހަރު ހުޅަނގު މޫސުމުގައި ވަރަށް ބޮޑަށް ޅ. ހިންނަވަރަށް އުދައަރާފައި
ރާޅުގެ އުސްމިން 8 ފޫޓުގައި، 45 މޭލަށް ވައިވެސް ގަދަވާނެ، ސަމާލުވޭ!
ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓުން މިއަދާއި މާދަމާގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ފަސް ފޫޓާއި، އަށް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ. 

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. 

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މިއަދު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފައެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. ހާއްސަކޮށް ދެކެނުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވެ، އަށް ފޫޓަށް ރާޅު އުފުލި ވައިވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު، ރާއްޖެއަށް މިވަގުތު ކުރަމުންދަނީ ހުޅުނގު މޫސުމުގެ ވިއްސާރައެވެ. އާއްމުކޮށްވެސް މިދުވަސްވަރު ރާއްޖެއަށް ވަރަށް ގަދައަށް ވިއްސާރަކުރެއެވެ. 

އިއްޔެ މާލެ ސަރަހައްދަށް ވެސް ބޯކޮށް ވިއްސާރަވެހުނުއިރު، ވިއްސާރައާއި ގަދަވަޔާއިއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައިވާ ގިނައަދަދެއްގެ ސައިކަލުތަކެއް ވެއްޓި ވަނީ ގެއްލުންތަކެއް ވެެސް ވެފައެވެ.

11%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް