ads
އައު ކޯޗާއި އެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
ސީނިއަ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗު ހޮލެންޑްގެ މާޓިން ކޫޕްމަންއާއި އެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ. އައު ކޯޗާއި އެކު ފުރަތަމަ ފަރިތަކުރުންތައް އޮތީ މިއަދު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ.

މި ފަރިތަކުރުންތަކުގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އަލަށް ހަމަ ޖެއްސި، އަލީ ސުޒޭން އަދި ގޯލް ކީޕަރު ކޯޗުގެ މަގާމަށް ހަމަ ޖެއްސި ކުރީގެ ގައުމީ ޓީމުގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ބައިވެރިވިއެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ފެށިނަމަވެސް، މާޒިޔާއިން ގައުމީ ޓީމުގައި ހިމެނޭ ދިހަ ކުޅުންތެރިން މިއަދުގެ ޕްރެކްޓިހުގައި ބައިވެރިއެއް ނުވެއެވެ. އެ ކުޅުންތެރިން ގައުމީ ޓީމާ ގުޅޭނީ، ބުދަ ދުވަހު އޭއެފްސީ ކަޕް ކޮލިފައިންގައި މާލޭގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓޭޑާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.

އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ކްރޮއޭޝިޔާގެ ޕީޓަރ ސެގެޓް މަގާމުން ވަކިކުރުމަށް ފަހު އަލުން ހަމަޖެއްސި ކޯޗުގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅޭނެ ފުރަތަމަ ރަސްމީ މެޗަކީ، މާޗް، 26 ގައި ޗައިނާއާ ދެކޮޅަށް ކުޅޭ ވޯލްޑްކަޕް ކޮލިފައިން މެޗެވެ. މި މެޗު އޮންނާނީ ޗައިނާގަ އެވެ. ގައުމީ ޓީމުގެ އައު ކޯޗު ކަމުގެ މަގާމަށް ހަމަޖެއްސި އުމުރުން 63 އަހަރުގެ މާޓިން ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ އުތުރު ކެރީބިއަން ކަނޑުގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ.

ކޫޕްމަން، އޭނާގެ ކޯޗިންގެ ކެރިއަރު ފަށާފައިވަނީ މީގެ 30 އަހަރު ކުރިންނެވެ. އޭނާ އިރުޝާދު ދިން ބައެއް ޓީމްތަކުގެ ތެރޭގައި ހޮލެންޑްގެ ގްރޮނިންގެން އަދި ސައުދީ އަރަބިއްޔާ ގައުމީ ޓީމު ހިމެނެ އެވެ. މި ދެ ޓީމުގެވެސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވެ އެވެ. މީގެ އިތުރުން ޗައިނާގެ ކްލަބެއް ކަމަށްވާ ގުއަންޒޫ އަށް ވެސް އުމުރުން 63 އަހަރުގެ މާޓިން ކޫޕްމަން އިރުޝާދު ދީފައިވެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް