ads
ބޭނި މަސް ކަނޑާލިއިރު، ބަނޑުތެރޭ ޕްލާސްޓިކް ފުޅިއެއް
ސޯޝަލް މީޑިއާގައި މިއަދު ދައުރުވި ވީޑިއޯއަކުން ފެންނަނީ ބާނާފައި އޮތް ބޮޑު މަހެެއް ކަނޑާލިއިރު، މަހުގެ އެތެރެއިން ޕްލާސްޓިކް ފުޅިއެެއް ނަނގާ މަންޒަރެވެ.

ޕްލާސްޓިކް މޫދަށް ނޭޅުމަށް އެދި ހިއްސާކޮށްފައިވާ ވީޑިއޯ މިއީ މިފަދަ ފުރަތަމަ ވީޑިއޯއެއް ނޫނެވެ. ވަރަށް ގިނަ ފަހަރަށް ކަނޑުގެ ދިރުންތަކުގެ ބަނޑުތެރެއިން މިފަދަ އެއްޗެހި ފެނިފައި އެބަހުއްޓެވެ. ކުށްވެރިންނަކީ އަހަރެމެންނެވެ. 

 

ވީޑިއޯ ކޮޅު ކިތަންމެ ކުރަސް ވަރަށް ގިނަ މެސެޖުތަކެއް އެބަދެއެވެ. އެތަކެތީގެ ބަނޑުތެރެއިން ޕްލާސްޓިކް ފެނުމަކީ އަހަރެމެންގެ އިހުމާލުގެ ހެއްކެކެވެ. ކަނޑުގެ ދިރުންތަކުގެ ބޮލުގައި ޕްލާސްޓިކް ކޮތަޅު އެޅި، ބޮޑެތި ވާގަނޑު އެޅި މަރުވެގެން ދަނީ އަހަރެމެންގެ ސަބަބުންނެވެ.

ކަނޑަށް އެކަންޏެއް ނޫނެވެ. އުޅޭ މާހައުލުވެސް އޮންނަނީ ކުނިން ފުރިފައެވެ. ކާ ކޮންމެ އެއްޗެއްގެ ބާކީ ބައި އޮންނަނީ މަގުމަތީގައެވެ. ނޫނީ މޫދުތަކުގައެވެ. ވަރުވަރުން ޑަސްބިން ބަހައްޓާފައި ހުއްޓަސް އެއެއް ނުފެނެއެވެ. 

ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއިން މުދޫގައި ޕްލާސްޓިކް ފުޅި ޖަމާވެފައި އޮތް ވީޑިއޯއެއް އާއްމުކޮށް، ބުނެފައިވާގޮތުގައި، މަހަކީ ޕްލާސްޓިކަށް ދެވި ހިފާ އެއްޗެކެވެ. މަސްތައް ޕްލާސްޓިކް ކަނީ ވަރަށް ޝައުގުވެރިކަމާއިއެކު އެވެ. ދެން އިންސާނުން އެ މަސްތައް ކަނީއެވެ.

ކަނޑުގެ މުއްސަނދިކަމާއި ޖަޒީރާވަންތަކަމަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ. އަހަރެމެންނަށް ރިޒްގު ލައްވަވާފައިވަނީ މި ކުޑަ ޖަޒީރާ ރާއްޖެ ވަށައިގެން އޮންނަ ކަނޑުގައެވެ. ފަރުތަކުގައިވާ ރީތިކަން އިތުރުކޮށްދެނީ ފަޅައި އުތުރި އަރާފައިވާ މުރަކަތަކުންނެވެ. އެ ހުރިހާ ނިއުމަތަކާއި ރިޒްގެއް ލިބިފައިވީ ހިނދު، އެއާއި މެދު ފަރުވާކުޑަކޮށްލެވެނީ ކީއްވެތޯއެވެ. 

އުޅަނދުފަހަރުން ދަތުރުކުރާ ފަރާތްތަކަށް އާންމުކޮށް ޖޫސްޕެކެޓެއް ނުވަތަ ޕިކްފައިން ޕެކެޓެއް އެ އުޅަނދެއްގެ ފަރާތުން ފޯރުކޮށްދެއެވެ. އެ ޖޫސްޕެކެޓާއި ޕިކްފައިން ޕެކެޓު ހުސްކޮށްލުމަށް ފަހު އެއްލާލަނީ ފަސޭހަކޮށްލުމަށްޓަކައި މާސިންގާ ކަނޑުގެ ތެރެއަށެވެ.

ކަނޑުމަތީގައި އާންމުކޮށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތުރުމަތީގައި ހޮޑުލެވުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް އިހުސާސްކުރެވޭ އިރު، އެފަރާތްތަކުން ހޮޑުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ހޮޑު ލަވާތީ ކާ ބޭހުގެ ހުސްކުރި ކާޑާއި، ފެން ހުސްކޮށްފައި ފެންފުޅިވެސް ބައެއް ފަހަރު ކަނޑަށް އެއްލާލާތަން ފެނެއެވެ.

އެއަށްފަހު ރަށްރަށުގެ ފަޅުތެރެއަށް ބަލައިލަމާ ހިނގާށެވެ. ބައެއް ފަރާތްތަކަކީ ލޯބިވެރިންނާއި އެކުވެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށްޓަކައި ފަޅެއް ކައިރިއަށް ނުވަތަ ތޮށިގަނޑެއްގެ މައްޗަށް ޖައްސައިލާ ބައެކެވެ. އެގޮތަށް ތޮށިގަނޑު މައްޗަށް ޖައްސާލާ ބައެއް ފަރާތްތަކުން ހުސްކުރި ސުޕާރީ ޕެކެޓާއި، ޖޫސް ނުވަތަ ފެންފުޅީގެ އިތުރުން ދަޅުވެސް އެއްލާލަނީ އެ ކަނޑުތެރެއަށެވެ.

މިފަދަ ތަކެތި އެތަކެއް ޓަނުގެ ކުނިބުނީގެ ގޮތުގައި ކަނޑުމައްޗަށް އެއްލާލާއިރު، އެއް އިރަކުވެސް ކަނޑަށް އެކަމުން އަސަރު ކުރާނެ ކަމާއި މެދު ވިސްނާލެވޭބާއެވެ؟ އުކާލެވޭ މިފަދަ ތަކެތީގެ ސަބަބުން ހަމައެކަނި ހަޑިވަނީ ވަށައިގެންވާ ކަނޑެއް ނޫނެވެ. އެ ކަނޑުގައި ދިރިއުޅޭ މަހްލޫގުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

މާލޭގެ ކަނޑުތަކަށާއި ފަޅުތަކަށް ބަލާލާއިރުވެސް ހަމަ މިފަދައެވެ. ފަތާ ޓްރެކް ސަރަހައްދާއި، ވަޅޯމަސް މާރުކޭޓުގެ އިތުރުން ދުވާ ޓްރެކްގެ ކުރިމަތީގައި އޮންނަ ބަނދަރު ފަދަ ތަންތަނުގައި އާންމުގޮތެއްގައި އޮންނަނީ ކުނިން ފުރިފައެވެ. މި ކަންތައްތައް ހައްލުވާނީ އެންމެން މިކަމަށް ހޭލުންތެރިވެގެންނެވެ.

އެހެންކަމުން ކަނޑުމައްޗަށް ކުނިބުނި އަޅައި ހަޑިކުރާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާ ޖޫރިމަނާ ނުކުރިއަސް، މޫދަށް އެއްލާލާ ފެންފުޅި ކަނޑުގެ ދިރުންތައް "ކާލަނީ ނޫންހޭ، އެއްޗެއް އޮތިއްޔާ ކަަނީނޫންހޭ، އެއީ އެ މަހުގެ މައްސަލައެއް ނޫންހޭ" ބުނެލުމުގެ ބަދަލުގައި އަހަރެމެން އަމިއްލައަށް ކައިރީގައި ޑަސްބިނެއް ހުރިނަމަ ކުނި އެއަށް އަޅަން ކުޑަ ހިތްވަރެއް ބަހެއްޓުން ކިހިނެތްވާނެބާއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް