ads
މެޖިސްޓްރޭޓް އަލީ ޝަރީފް
މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ ޖޭއެސްސީއަށް
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ފާޅުކަންބޮޑުކޮށް ގޯސްހަދާފައިވާ ކަމަށް ބުނެ އެ މައްސަލައިގެ ހުކުމް ކުރި މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ ޖޭއެސްއީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ކުރީގެ ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުންނެވެ.   މައްސަލާގައި ބުނެފައި ވަނީ އެ ހުކުމް ކުރި ލ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ފަޑިޔާރެއްގެ މަގާމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ އަމަލެއް ކޮށްފައިވާ ކަމަށެވެ.

މި ގޮތުން ޝަރީއަތުގެ ކުރީ މަރުހަލާގައި މަސްއޫދު ހިލްމީ އާއި ފާތިމަތު އާސިޔާގެ ހެކިބަސް ބަލައިގެނެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި އެހެންނަމަ ވެސް ފަހުމަރުހަލާގައި އެނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއްމަރުހަލާއެއްގައި ނިންމާ ނިންމުންތަކާއި ތައާރުޝުވާ ގޮތަށް އެމައްސަލައެއް ނިންމުމުގެ ބާރު އެމަރުހަލާގެ ކޯޓަކަށް ލިބިގެން ނުވާކަމަށް ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. މި މައްސަލައިގެ  ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި ގުޅޭ ގޮތުން ނިންމެވި ނިންމެވުމުގައި ބަޔާންކޮށްފައި ވަނީ މައުޝޫޢީ ގަޒިއްޔާގައި ބަލައި، އިސްވެ ބަޔާންކުރެވުނު ދެފަރާތުގެ ހެކިބަސް ރިއާޔަތްކުރެވޭނެ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމި ގޮތް މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިސްތިއުނާފް ކޮށްފައިނުވާ އިރު، މިމައްސަލާގައި މެޖިސްޓްރޭޓް ހުރި ހުކުމްގައި މި ދެފަރާތުގެ ހެކިބަސް ބަލައި ގަނެވެން ނެތް ކަމަށާއި އަދި މައްސަލަ ނިންމުމުގައި އެ ދެފަރާތުގެ ހެކި ބަހަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

މެޖިސްޓްރޭޓް އަލީ ޝަރީފް ހުކުމް ކުރުމުގައި ހެކިބަސް ބަލައިނުގަތުމާއި ގުޅޭ ގޮތުން ޝަރީއަތުން ފާހަގަކޮށްފައިވާ ދެ ހާލަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމި އިރުވެސް ވުޖޫދުގައި އޮތް ހާލަތެއް ކަމަށާއި އަދި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާއި މެދު ގޮތް ނިންމި އިރު، އެ ދެފަރާތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައި ވަނީ އެހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަން އެނގޭ ކަމަށެވެ.  

ދައުލަތުން ހުށަހެޅި ހުރިހާ ހެކިތަކެއްހެން ބޭރުކުރުމަށް ފަހު މައްސަލާގެ ފަހު މަރުހަލާގައި ކުރި ހުކުމުގައި މަސްއޫދާއި އޭނާގެ އަންހެނުންގެ ހެކިބަސް ބަލައި ނުގަންނަށް ޝަރީއަތުން ނިންމާފައި ވަނީ މަސްއޫދަކީ އަނިޔާ ލިބުނުފަރާތް ކަމަށްވެފައި އާސިޔާ އަކީ އޭނާގެ އަންހެނުން ކަމަށް ވާތީ އެވެ.

މި މައްސަލަ ނިންމަވާފައިވަނީ ވަކި ފަރުދެއްގެ މަސްލަހަތަށް ބުރަވެ އަދުލް އިންސާފްގެ ހަމަތަކާއި ހިލާފަށްކަމަށް ސާފުކޮށް އިނގޭ ކަމަށެވެ.

މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. އަތޮޅުގައި އޮންނަ މަސްއޫދުގެ ކާރު އަންދާލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފޮނަދޫ، ދިލްކުސާގޭ، އަހުމަދު ސަމީމްގެ މައްޗަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް