ads
އެސްޓީއޯ ހެންވޭރު ފާމަސީ
ނުބައި ބޭހެއް ދޫކުރި ފާމަސިސްޓް ކަނޑާލީ ރަނގަޅަށް
އެސްޓީއޯގެ ބޭސް ފިހާރައެއްގައި މަސައްކަތް ކުރި ފާމަސިސްޓަކު، ނުބައި ބޭހެއް ދޫކުރި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި ގޮތަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯގެ ބޭސް ފިހާރައަކުން ކަނޑާލި ފާމަސިސްޓަކު، އޭނާ ވަޒީފާއިން ކަނޑާލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އަލުން ވަޒީފާ ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައެވެ. 

މި ދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން އެ ފާމަސިސްޓް ވަޒީފާއިން ވަކިކޮށްފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި އެ ފާމަސިސްޓްވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އެސްޓީއޯއާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ވަޒީފާ އަލުން ހޯދުމަށް ދައުވާ ކޮށްފައެވެ. މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ މިދިޔަ ހަފްތާގައެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ފާމަސިސްޓް ވަޒީފާއިން ވަކިކޮށްފައިވަނީ ނުބައި ބޭހެއް ދޫކުމުގެ ހާދިސާއެއްގައި ކުރިންވެސް ނަސޭހަތް ދިނުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ދެވަނަ ފަހަރަށް އެކަން ތަކުރާރުވުމުން، އެކަން ހިނގާފައިވާ ގޮތް އެސްޓީއޯއިން ބެލިއިރު، ބޭސް ދޫކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ އެ ފާމަސިސްޓް ހިލާފުވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި އެކަމާ އެ ފާމަސިސްޓް އިއުތިރާފުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެސްޓީއޯގެ ފާމަސީ އަކުން ނުބައި ބޭހެއް ދޫކުރުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، ތަމްރީނު ނެތް ފާމަސިސްޓުން ބޭސް ދޫކުމުގައި ހަރަކާތްތެރިވާ ކަމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް