ads
ފައްޔާޒު އިސްމައިލް-
ފައްޔާޒުގެ ފަހު މެސެޖް: އަލުން އާ ބާރަކާއެކު ވޯޓުލާން ނުކުންނަވާ!
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރުގެ ކެމްޕޭންގެ އެންމެ ފަހު މެސެޖެއްގެ ގޮތުގައި މާދަމާގެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފިއެވެ.

ފައްޔާޒު މިއަދަު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ  ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން ކަމަށެވެ. 

އެހެންކަމުން އަލުން އާބާރަކާއެކު ޕާޓީގެ ހުރިހާ  މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެދޭ ކަމަށް ފައްޔާޒުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. 

މުޅި ރާއްޖެ ވަށާ ޖެއްސުމަށްފަހު، އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރާ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ "އެމްޑީޕީ ހިންގާލަން" ޓީމުން ކުރި ކެމްޕެއިން މިހާރު ވަނީ ނިންމާލައިފި އެވެ.

ކެމްޕެއިން ނިންމާލިކަން އިއުލާންކުރައްވާ ފައްޔާޒު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ނިމުނީ ކޮޅުމަޑުލުން ކަމަށާއި، މުޅިރާއްޖޭގައި ތިބީ އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެމްބަރުން ކަމަށެވެ. 

އެމްޑީޕީގެ ޗެއްއާ ޕާސަންގެ ގޮނޑިއަށް ދެން ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަމްތިޔާޒު ފަހުމީއެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް