ހުކުރު ދުވަހު މި ހަބަރު ދެ ފަރާތުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކާރބީ ވިދާޅުވީ އޮސްޓިން ވަނީ ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ތިންމަސް ދުވަހުގެ ދިގު މުއްދަތެއްވީ ހަނގުރާމައިގެ ދުވަސްތަކަށްފަހު، ޕްރެސްސެކްރެޓަރީ ވިދާޅުވީ މުވާސަލާތީ ގުޅުންތައް ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އޮސްޓިން ބާރުއަޅުއްވާފައިވާ ކަމަށެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި މިފޯންކޯލް ވަނީ ކަށަވަރު ކޮށްދީފައެވެ.
ދިފާއީ ވުޒާރާއިން ބުނީ މި ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ ހަމައެކަނި ޔޫކްރެއިން މައްސަލައާ ބެހޭގޮތުން ނޫންކަމަށާއި، އޭގެ އިތުރުން ދުނިޔޭގެ ސަލާމަތާ ގުޅުންހުރި މައްސަލަތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.