ބަޝަންދުރާ ކިންގްސްގެ ބައެއް ކުޅުންތެރިން
ދެވަނަ ބުރުގެ އުއްމީދާއެކު ބަޝަންދުރާ ކަލްކަތާއަށް
Share
އޭއެފްސީ ކަޕުގެ ދެވަނަ ބުރުން ފުރުސަތެއް ހޯދުމުގެ އުއްމީދާއެކު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް، މިއަދު ކަލްކަތާއަށް ފުރައިފިއެވެ. ބަޝަންދުރާ ޓީމް ކަލްކަތާއަށް ފުރީ ހޮނިހިރު ދުވަހު ހެނދުނުއެވެ.
Advertisement

ނިއުރޭޑިއަންޓާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ އޮސްކާ ބުރޫޒޯންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝަންދުރާ ކިންގްސް އޭއެފްސީ ކަޕުގައި ކުޅޭ މިއީ ތިންވަނަ ފަހަރެވެ. ބަޝަންދުރާ އޭއެފްސީ ކަޕުގައި ކުޅުނު ފުރަތަމަ އަހަރު، ކޮވިޑާ ގުޅިގެން މުބާރާތް ކެންސަލް ކުރީއެވެ. ދެވަނަ ފަހަރަކީ މިދިޔަ އަހަރު މާލޭގައި އޮތް އޭއެފްސީ ކަޕެވެ. އެ ފަހަރު ބަޝަންދުރާއަށް ގްރޫޕުން އެއްވަނަ ނުލިބުމުން ދެވަނަ ބުރުގެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ، 

މި އަހަރުގެ އޭއެފްސީ ކަޕްުގެ ގްރޫޕް ޑީގެ މެޗުތައް އަންނަ ހަފުތާގައި ކަލްކަތާގައި ފެށޭއިރު، ބަޝަންދުރާއާ އެކު ދެން މި ގްރޫޕުގައި ހިމެނެނީ އިންޑިޔާގެ ގޯކުލާމް ކެރެލާއާ އޭޓީކޭ މޯހަން ބަގާންގެ އިތުރުން މާޒިޔާއެވެ. މާޒިޔާވެސް މިހާރުވަނީ ކަލްކަތާއަށް ގޮސްފައެވެ. ބަޝަންދުރާގެ މި ފަހަރުގެ ފުރަތަމަ މެޗުަގއި އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. މެޗުތައް ކުޅޭނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް