ads
ރޭޕްގެ ޝިކާރައަކަށް ވީކަމަށް ބުނާ އަންހެނާ
ގަދަކަމުން ގޯޅިގަނޑަށް ވެއްދި އަންހެން މީހާ މައްސަލަ: ވިޝާން 4 މަހަށް ޖަލަށް
މިދިޔަ އަހަރުގެ އެޕްރީލް މަސްތެރޭ ރޭގަނޑުގެ ވަގުތެއްގައި ލެމަންގްރާސް ރެސްޓޯރެންޓް ހުންނަ މަގުން އަންހެނަކު ދަމާ ކޫއްތާފައި ގޯޅިގަނޑަކަށް ވައްދި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހުންގެ ތެރެއިން ހދ. ވައިކަރަދޫ، ވިނަރެސް އާދަމް ވިޝާންގެ މައްޗަށް ހަތަރު މަހާއި، 15 ދުވަހަށް ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިމައްސަލައާއި ގުޅިގެން ކުށުގެ ވެށިން 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ، 19 އަހަރުގެ ށ.ކޮމަންޑޫ މަގުމަތީގެ، މަރިޔަމް މާއީން(ގޯޅިގަނޑަށް ވެއްދި އަންހެން މީހާ)ގެ ލޯބިވެރިޔާ ކަމަށް ބުނާ 18 އަހަރުގެ ވިޝާން އާއި، ރަހުމަތެރިއެއް ކަމަށްވާ 23 އަހަރުގެ ހދ. ވައިކަރަދޫ، މިލާފަރު ގޭ، އަލީ ރަޝީދު އެވެ.

your imageހައްޔަރުކުރި ދެމީހުން

މިމައްސަލާގައި އެދެމީހުން ވެސް ހައްޔަރުކުރެވުނީ ރޭޕުކުރި ކަމުގެ ތުހުމަތުގައި ނަމަވެސް ދައުލަތުން ދައުވާކޮށްފައިވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ. ދެމީހުންގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކީންނެވެ. މިމައްސަލާގައި ދެން ޝާމިލްވާ އަލީގެ މައްސަލަ އަދި އޮތީ ކޯޓު މަރުހަލާގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިމައްސަލާގައި ކްރިމިނަލް ކޯޓުން ވިޝާންގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ، 16 އޭޕްރިލް 2021 ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ށ.ކޮމަންޑޫ މަގުމަތީގެ، މަރިޔަމް މާއީން، ކ.މާލެ މ.ފުށެތިކާލުގެ ކައިރިއަށް އައުމުން، އާދަމް ވިޝާން އިތުރު މީހަކާއެކު، މާއިންގެ ނުރުހުމުގައި ފަޔާއި އަތުގައި ހިފައި، ބިންމައްޗަށް ވައްޓާލި ކަމާއި، މާއިންގެ ހަށިގަނޑަށް އަނިޔާލިބިފައިވާކަން މެޑިކަލް ލީގަލް ރިޕޯޓުން އެނގެން އޮންނަކަމަށެވެ. 

އެންމެ ފުރަތަމަ ވިޝާންގެ ފަރާތުން މިދައުވާއަށް އިންކާރުކުރި ނަމަވެސް ފަހުން އޭނާ އިއުތިރާފުވެފައިވާތީ މިމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިއާގެ ދަށުން ވަކި މައްސަލައެއްގެ ގޮތުގައެވެ. 

އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި ޖަލުގައި ހުރި މުއްދަތައް ބަލާ 27 ދުވަހަށް ހުކުމް ކުރިއެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކަށް ތިން މަހާއި 18 ދުވަހަށް ހުކުމް އިއްވި ނަމަވެސް ޖަލުގައި ހުރި މުއްދަތައް ބަލާ ތަންފީޒު ކުރަންޖެހޭނީ 2 މަހާއި 16 ދުވަހުގެ ޖަލު އަދަބެއް ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ހާދިސާ ހިނގި ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުން ދެ ފިރިހެނަކު ގަދަކަމުން އަންހެންނަކު ދަމާފައި ގޯޅިގަނޑަށް ވެއްދުމަށް މަސައްކަތްކުރެއެވެ. އަދި އޭނާ ނުވަންނަން ގަދަދައްކާ މަގުމަތީ އިށީނުމުންވެސް އެ ދެ ފިރިހެނުން އޭނާ ނަގައިގަނެގެން ގޯޅިގަނޑަށް ވައްދާ މަންޒަރު އެ ވިޑިއޯއިން ފެނެެއެވެ.

ގޯޅިގަނޑަށް ވައްދާ ރޭޕުކުރިކަމަށް އެންމެ ފުރަތަމަ އެ އަންހެން މީހާ ބުނިނަމަވެސް ފަހުން އޭނާ ވަނީ ރޭޕު ނުކުރާ ކަމަށް ބުނެފަ އެވެ.

63%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް