ads
އޮޔާ ދާ ދޯނީގެ ބައި
މާލެ އަތޮޅު އިރުއުތުރަށް އުޅަނދެއްގެ ބައެއް އޮޔާދަނީ
ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މި ދޯނީގެ ބައި އޮޔާ ދާ ކަމަށް އެމްއެންޑީއެފުން ބުނީ، އިއްޔެގެ ވަގުތެއްގަައި، މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުންނެވެ.

އޮޔާ ދަނީ އިރުއުތުރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން، އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

އަދި ހާއްސަ ގޮތެއްގައި ރޭގަނޑު ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު(އެމްއާރުސީސީ) އަށް ލިބިފައި ވަނީ އިއްޔެ 14:24 ހާއިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް