ads
އެސްޓިއޯއިން ވިއްކާ ގޮދަންފުށް ބިދޭސީ ބަޔަކު އުލުމުގެ މަސައްކަތް ކުރަނީ
އިންޑިއާއިން ގޮދަންފުށް ނުލިބުނަސް ހާހެއްނުވޭ! ރާއްޖެއަށް ބޭނުންވާރަށް އެބަހުރި: އެސްޓިއޯ
އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓު ކުރުން ހުއްޓާލާފައިވީ ނަމަވެސް ރާއްޖޭގައި މިވަގުތު ބޭނުންވާ ވަރަށް ގޮދަންފުށް ލިބެން އެބަހުރިކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯ އަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ކުންފުންޏެވެ. 

އިންޑިއާގެ ކޮމަސް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ ކުއްލި ނިންމުމަކުން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާކުރިކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ، އިންޑިއާގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިގެން ދިޔުން ހުއްޓުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

"ސީއެންއެމް"އަށް ދެއްވި އިންޓަވިއުއެއްގައި އެސްޓިއޯގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އަބުދުﷲ މުހައްމަދު ވިދާޅުވީ އެކުންފުންޏަށް ގޮދަންފުށް އެތެރެކުރަނީ އިންޑިއާ އާއި ތުރުކީން ކަމަށެވެ. އެހެންކަމުން ގޮދަންފުށް ރާއްޖެއިން ލިބުމުގައި މިވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ. 

"އަޅުގަނޑުމެން ގޮދަންފުށް އެތެރެ ކުރަނީ ހަމައެކަނި އިންޑިއާއަކުން ނޫން. ތުރުކީންވެސް އެބަ ގެންނަން އަބަދުވެސް. އެހެންވީމަ އެސްޓީއޯއިން ފުށް ލިބޭނެ އަބަދުވެސް. އެއްވެސް ދައްޗެއް ނެތް. " އަބުދުﷲ ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮދަންފުށް ވިއްކަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ގޮދަށް ފުށް އުފައްދައި ވިއްކަނީ އިންޑިއާ ކަމަށްވާއިރު މި ލިސްޓުގެ ތިންވަނައިގައި އޮތީ ރަޝިޔާ އެވެ. 

އިންޑިއާއިން ގޮދަންފުށް އެކްސްޕޯޓުކުރުން ހުއްޓާލާފައިމިވަނީ ޔޫކުރެއިންގެ ހަނގުރާމައިގެ ސަބަބުންނާއި ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެގައުމުގެ ނޫސްތަކުގައި ހާމަކޮށްފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް