ads
ގުދުރަތީ ގޮތުން ހަންގަނޑަށް ވިދުން ގެނުވަދޭ 5 ބާވަތެއް
ހަންގަނޑުގެ ކުލަ ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެއީ އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެކެވެ. ސާފު، ރީތި، ވިދާ ހަންގަނޑެއް ބޭނުން ނުވާނެ އެއްވެސް މީހެއް ނުހުންނާނެއެވެ. މި ކަމަށް އެހީވެދޭނެ ބާވަތްތައް އަހަރުމެންގެ ބަދިގެ އިން ވެސް ފަސޭހަ ކަމާއި އެކު ލިބެން ހުރެއެވެ.

ބަދިގެ އިން ލިބޭ މި ބާވަތްތަކުގައި އެކްސްފޯލިއޭޓިން، މޮއިސްޗަރައިޒިން، އަދި ހަންގަނޑުގެ ކުލަ އަލިކޮށް އޮމާންކޮށްދޭ ހުރިހާ ޕްރޮޕަޓީސް ތަކެއް ހުރެއެވެ. ވަކި އިންތިޒާމެއްގެ މަތިން ބޭނުން ކުރާ ނަމަ ހަންގަނޑު އަލިކޮށްލުމަށް އެހީތެރިވެދޭނެ 5 ބާވަތެއް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. 

މާމުއި

މާމުއި އަކީ އަހަރެމެންގެ ހަންގަނޑަށް އެންމެ ރަނގަޅު އެއް މޮއިސްޗަރައިޒާ އެވެ. ފޭސް ޕެކްގެ ގޮތުގައި ވެސް ހަންގަނޑު މަސާޖު ކޮށްލަދޭ މޮއިސްޗަރައިޒަރެއްގެ ގޮތުގައި ވެސް މާމުއި ބޭނުންކޮށްލެވިދާނެއެވެ. ފޭސް ޕެކެއްގެ ގޮތުގައި ބޭނުން ކުރާ ނަމަ ފަޅޯ، ދޮންކެޔޮ ނުވަތަ އޮރެންޖް ޖޫހާއި އެއްކޮށްލައިގެން ބޭނުން ކުރެވިދާނެއެެވެ. މޮއިސްޗަރައިޒަރެއްގެ ގޮތުގައި ބޭނުން ކުރާނަމަ، އޭގެ ތެރެއަށް ލުނބޯ ހުތް ކޮޅެއް އެއްކޮށްލައި ބޭނުން ކޮށްލާށެވެ. 

ރޯ ކިރު

ރޯ ކިރަކީ ވެސް ހަންގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް އެކުލެވިގެންވާ އެއްޗެކެވެ. ކުޑަ ކަފަ ކޮޅެއް ރޯ ކިރުގެ ތެރެއަށް ލައި ތެންމާލުމަށް ފަހު މޫނު ސާފު ކުރަން ބޭނުން ކުރާށެވެ. އެއީ ގުދުރަތީ ކްލީންސާ އެއްގެ އިތުރުން ހަންގަނޑު އޮމާންވެ އަލިކޮށްދޭނެ އެއްޗެކެވެ. މިއީ ކޮންމެ ދުވަހަކު ހެނދުނު ފެންވަރާއި އިރު ވެސް ބޭނުން ކޮށްލެވިދާނެ އެއްޗެކެވެ. މީގެ އިތުރުން ރޭގަނޑު ހަންގަނޑުގައި ހުންނަ ހަޑިތައް ފިލުވާލުމަށް ވެސް ރޯ ކިރު ބޭނުން ކޮށްލެވިދާނެއެވެ. 

ކާޑް

ކާޑް ގައި އެންޓި އޭޖިން ޕްރޮޕަޓީސް އެކުލެވިގެންވެއެވެ. ގަވާއިދުން ކާޑް ބޭނުން ކުރާ ނަމަ ހަންގަނޑު އެކްސްފޮލިއޭޓް ކޮށް، ހައިޑްރޭޓް ކުރުމުގެ އިތުރުން ހަންގަނޑު މޮއިސްޓަރައިޒް ކޮށްލައި ވިދުން ގެނުވަދެއެވެ. އަދި ހަންގަނޑުގެ އިލާސްޓިސިޓީ ރަނގަޅު ކޮށްލައި ހަންގަނޑުގެ ކުލަ އަލި ކޮށްލަދެއެވެ. މިހެން ވަނީ ކާޑް ގައި އެކުލެވިގެންވާ ލެކްޓިކް އެސިޑް އާއި ބައެއް ބްލީޗިން އެޖެންޓް ތަކުގެ ސަބަބުންނެވެ.

ރީނދޫ

ރީނދުލުގައި އެންޓި އޮކްސިޑެންޓް އަދި އެންޓި އިންފްލިމޭޓަރީ ޕްރޮޕަޓީސް ތައް އެކުލެވިގެން ވުމުގެ ސަބަބުން ހަންގަނޑަށް އޮމާންކަމާއި އަލިކަން ގެނުވަދެއެވެ. ރީނދުލުން އިތުރު ފައިދާތައް ހޯދުމަށް ކާޑް ނުވަތަ ކިރާ އެއްކޮށްލައިގެން ބޭނުން ކުރާށެވެ. 

އެލޯ ވެރާ

އެލޯ ވެރާ ގައި ހަންގަނޑަށާއި ސިއްހަތަށް ފައިދާ ކުރަނިވި އެތަކެއް ޕްރޮޕަޓީސް ތަކެއް އެކުލެވިގެންވެއެވެ. އެލޯ ވެރާ ޖެލް ފިހާރަތަކުން ލިބެން ހުންނަ ނަމަވެސް އެންމެ ފައިދާ ހުރި ގޮތަކީ ތާޒާ އެލޯ ވެރާގެ ޖެލް(އެލޯވެރާ ގަހުން) ބޭނުން ކުރުމެވެ. އިރުގެ އަލިން ހަންގަނޑު ގައި އަނދާފައި ހުންނަ ތަންތަނަށް ފިނިކަން ގެނެސްދިނުމުގެ އިތުރުން އެލޯ ވެރާ ގައި ހަންގަނޑުގެ ސެލްތައް މަރާމާތުކޮށްދޭ ކޮލަޖަން ވެސް އެކުލެވިގެންވެއެވެ.

އެހެންކަމުން، މިއީ ރީތި އޮމާން ވިދުން ހުރި ހަންގަނޑަކަށް ބޭނުން ކުރުން އެންމެ ރަނގަޅު ފަސޭހަކޮށް ބަދިގެ އިން ލިބެން ހުންނަ ބާވަތްތަކެވެ. ޒުވާން ހަންގަނޑެއް ބޭނުން ނަމަ މިހާރުއްސުރެ މި ތަކެތި ރަނގަޅު ގޮތުގައި ބޭނުން ކުރަން ފަށާށެވެ. 

71%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް