ads
އާޓިފިޝަލް ބީޗު ސަރަހައްދަށް ރޭ އުދައަރަން ފަށާފައި: ފޮޓޯ ސީއެންއެމްނިއުސްޓީމް
މާލޭގެ އިރުމަތީފަޅި، އާޓިފިޝަލް ބީޗު ސަރަހައްދަން އުދައަރަން ފަށައިފި
މާލޭގެ އިރުމަތީފަޅި (އާޓިފިޝަލް ބީޗް) ހިމެނޭ ސަރަހައްދަށް އުދަ އަރަން ފަށައިފި އެވެ.

އެސަރަހައްދަށް އުދައެރުމާޢި ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ އެރަަހައްދުގައި ވެލިފުނިތަކެއް ޖަހައި ރާޅުގެ އަސަރު ނުކުރާނެހެން ބަންދު ކޮށްފަ އެވެ. 

އުދަ އަރަމުންދަނީ އާޓިފިޝަލް ބީޗު ސަރަހައްދުން ކިންގް ސަލްމާން މިސްކިތާއި ދިމާލުންނެވެ. 

your imageއާޓިފިޝަލް ބީޗު ސަރަހައްދަށް ރޭ އުދައަރަން ފަށާފައި: ފޮޓޯ ސީއެންއެމްނިއުސްޓީމް

އުދައިގެ އަސަރު ކުރުމުގެ ސަބަބުން އެސަރަހައްދުގައި ވަނީ ފެންބޮޑުވެ ޗަކަ ހެދިފަ އެވެ. 

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ އުދައަރަމުންދާ ދުވަސްވަރަކަށްވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާޢިބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

your imageއާޓިފިޝަލް ބީޗު ސަރަހައްދަށް ރޭ އުދައަރަން ފަށާފައި: ފޮޓޯ ސީއެންއެމްނިއުސްޓީމް

މޫސުމާއިބެހޭ އިދާރާއިން ލަފާކޮށްފައިވަނީ ކުރިއަށް އޮތް 24 ގަޑީރަށް ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް