ads
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް، އެޑިއުކޭޝަން މިނިސްޓަރ ޖަވާބުދެއްވަނީ: ފޮޓޯ: މަޖިލިސް
އެޑިއުކޭޝަން މިނިސްޓަރަށް ކޯޓުން ޗިޓު ހަވާލު ނުކުރެވުނު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ އާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މިއަދު ކެންސަލް ކުރީ މިނިސްޓަރަށް ޗިޓު ހަވާލު ނުކުރެވިގެން ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަ ހުށަހެޅީ، މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ. 

އެ ދައުވާގައި ބުނެފައިވަނީ، މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގައި ސަރުކާރުން ދިން 15 މިލިއަން ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ދިނީ ކޯޓުން ހުކުމް ކުރި ތާރީހަށް ވުރެ ފަހުން ކަމަށާއި، އެހެން ކަމުން މިނިސްޓަރު ގާނޫނުއަސާސީއާއި ހިލާފުވެފައި ވާކަމަށް ކަނޑައަޅިދޭން ޖެހޭ ކަމަށެވެ. 

މިއަދު ހެނދުނު 10:00 އަށް މި މައްސަލައިގެ އަޑުއެހުން ސިވިލް ކޯޓުގައި ތާވަލް ކުރިނަމަވެސް، މިނިސްޓަރަށް ޗިޓު ހަވާލު ނުކުރެވޭ ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ. އަދި ދެން ތާވަލް ކުރާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. 

ސިވިލް ކޯޓުން މިނިސްޓަރާއި ހަވާލު ކުރަންޖެހޭ ޗިޓު ހަވާލު ނުކުރެވުނީ، ކޮން ސަބަބަކާއި ހުރި ކަމެއް ހާމަ ކޮށްފައި ނުވެއެވެ. 

ކޯޓުތަކުން އާއްމު ގޮތެއްގައި އަމަލު ކުރާ އުސޫލުގެ ދަށުން ތިން ފަހަރަށް ޗިޓު ހަވާލު ކުރުމަށް މަސައްކަތްކޮށް އެކަން ނާކާމިޔާބު ވެއްޖެނެމަ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރެއެވެ. އަދި ފުލުހުންނަށް އެމީހާ އުޅޭ ވަކި ތަނެއް ނޭނގޭނަމަ އެމީހާގެ ފޮޓޯ އާއްމުކޮށް އިއުލާން ކުރާނެ އެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް