ads
މާލޭގައި މިރޭ ހިނގި އެކްސިޑެންޓު: ފޮޓޯ| ސީއެންއެމް
އެމްބިއުލާންސް އެއް އެކްސިޑެންޓްވެ ގިނަ އުޅަނދުތަކަކަށް ގެއްލުންވެއްޖެ
ދަތުރުކުރަމުން ދިޔަ އައިޖީއެމްއެޗްގެ އެމްބިއުލާންސް އެކްސިޑެންޓް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ޑްރައިވަރަށް އެމްބިއުލާންސް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ. 

މި އެކްސިޑެންޓު ހިނގީ ފަރީދީމަގު ސީ ޓްރޫ އޮޕްޓިކަލް ކުރިމަތިންނެވެ. އެމްބިއުލާންސް ކޮންޓްރޯލް ނުވެ ހިނގި މި އެކްސިޑެންޓުގައި މަގުމަތީ ހުރި ބައެއް ސައިކަލު ތަކަށް ވަނީ ގެއްލުން ވެފައެވެ. 

އެ ސަރަހައްދުގައި ހުރި މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ، އެމްބިއުލާންސް ދުއްވަމުން ދިޔަ މީހާއަށް އެމްބިއުލާންސް ކޮންޓްރޯލް ނުކުރެވި ކަހާލައިގެން އައިސް ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހުނީ ކަމަށެވެ. އަދި އެމްބިއުލާންސް ދުއްވަމުން ދިޔައީ ވަރަށް ބާރަށް ކަމަށާއި، މަގުމަތީ ފެނުގެ އަސަރު ހުރުމުން ވެހިކަލްގެ ބުރަކި ރަނގަޅަށް ނުޖެހުނީ ކަމަށް ލަފާ ކުރެވޭ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް