ads
ހައިކޯޓުގައި އޮތް އަޑުއެހުމެއްގެ ތެރެއިން--
ނިހާޔަތު ޕީޖީގައި އުޅުއްވިއިރުގެ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެކަމަށް ކަނޑައަޅައިފި
ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާރ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތަށް އޭރު ޕީޖީ އޮފީހަށް ހުށައެޅި އެއްވެސް މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކޮށްދެއްވި ކަމަށް ބުނެ އެކަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ދައުވާ ކުރާ މައްސަލައިގަ އެވެ. 

އާޒިމާގެ މި މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނިކޮށް އާޒިމާގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއނާފުވެސް ކޮށްފަ އެވެ. ނަމަވެސް ފަހުން ހައިކޯޓުން މި މައްސަލަ ބެލިދާނެކަމަށް ނިންމފައިވަނިކޮށް ސްޕްރީމް ކޯޓުން މިއަދު ވަނީ މިމައްސަލައަށް ގޮތެއް ކަނޑައަޅާފަ އެވެ. 

ސްޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ "ހައިކޯޓުގެ ނިންމުން ބަދަލުކުރިޔަސް ސްޕްރީމް ކޯޓުން މިކަމަށް ގޮތެއް ނިންމެވީ" ކަމަށެވެ. 

ހުސްނުއްސުއޫދު ވަނީ މިފަދަ މައްސަލައެއްގައި މީގެ ކުރިން ސްޕްރީމް ކޯޓުން އަމަލުކޮށްފައިވާގޮތްވެސް ހުށައަޅާފަ އެވެ. އެގޮތުން މީގެ "ކުރިން ޕީޖީ އޮފީހުގައި މަސައްކަތްކުރި ވަކީލަކު ޕީޖީ އޮފީހުގައި އުޅުއްވި ދުވަސްވަރު ހުށައެޅިފައިވާ މައްސަލައެއްގެ ދިފާއީ ވަކީލެއްގެ ގޮތުން ފަހުން ވަކާލާތު ނުކުރެވޭނެ" ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް