ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ދަ ނޭޝަނަލް
ލަންކާގައި މިހާރު ހުރީ އެންމެ ދުވަހަކު ބޭނުން ކުރެވޭނެ ޕެޓްރޯލް
މުޅި ސްރީ ލަންކާއިން ޕެޓްރޯލް އެއްކޮށް ހުސްވެފައި ވާކަމަށާއި، މިހާރު އެގައުމުގައި ހުރީ މާދަމާ ބޭނުން ކޮށްލެވޭނެ ވަރުގެ މަދު ޕެޓްރޯލް ކަމަށް އެގައުުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެގައުމުގެ ޓީވީތައް މެދުވެރިކޮށް ރައްޔިތުންނާއި މިހާތަބު ކުރަމުން ރަނިލް ވިދާޅުވީ، ލަންކާއިން މުޅި ގައުމުން ޕެޓްރޯލް ހުސްވެފައި ވާކަމަށާއި، އެހެން ނަމަވެސް ގައުމުގައި ކޮންމެސް ވަރަކަށް ޑީސަލް އެބަ ހުރި ކަމަށެވެ. 

އަދި އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން އިއްޔެ އެގައުމަށް ޑީސަލަގް ޝިޕްމަންޓެއް ލިބިފައި ވާކަމަށެވެ. އެހެން ނަމަވެސް މި ޑީސަލް އިންވެސް ބޭނުން ކުރެވޭނީ މަދު ދުވަސް ކޮޅެއް ކަމަށާއި، ނަމަވެސް ދުވާލަކު 15 ގަޑިއިރަށް މި ޑީސަލް އިން އެގައުމުގެ ސަރަހައްދު ތަކަށް ކަރަންޓު ދެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

މީގެ އިތުރުން ރަނިލް ވިދާޅުވީ، މިހާރުވެސް އެގައުމުގެ ބަނދަރުގައި ތެޔޮ ބޯޓުތައް އެބަ ތިިބި ކަމަށާއި، އެހެން ނަމަވެސް ތެލަށް ދައްކަންޖެހޭ ޑޮލަރު ގައުމުގައި ނެތުމުން އެ ގަނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ޑޮލަރު އޯޕަން މާކެޓުން ގަންނަން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރަނިލް ވިދާޅުވި އެވެ. 

"ގައުމުގެ ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލާކަށް ބޭނުމެއް ނޫން. މިވަގުތު މި އެދެނީ ހުރިހާ ރައްޔިތުންވެސް ކެތްތެރިވުމަށް. ގައުމު މިއޮތް ހާލަތުން އަރައި ގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް ބޭނުން." ރަނިލް ވިދާޅުވި އެވެ. 

މީގެ އިތުރުން ރަނިލް ވިދާޅުވީ، އެގައުމުގެ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭނެ ފައިސާވެސް ގައުމުގައި ނެތް ކަމަށާއި، މުސާރަ ދިނުމަށް ފައިސާ ޗާޕުކޮށްފިނަމަ އަނެއްކާވެސް އެގައުމުގެ އިގްތިސާދީ ހާލަތު ދަށްވެގެން ދާނެ ކަމަށެވެ. 

ރަނިލްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ކުރިން ސަރުކާރުން މި އަހަރަށް ލިބޭނެ ކަމަށް ލަފާކުރީ 2.3 ޓްރިލިއަން ރުޕީސްގެ އާމްދަނީ އެއް ކަމަށާއި، އެހެން ނަމަވެސް މިހާރު އެގައުމަށް ލިބޭނެ ކަމަށް ބެލެވެނީ، 1.6 ޓްރިލިއަން ރުޕީސް ކަމަށެވެ. 

ރަނިލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެގައުމުގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ގައުމުގެ ހާލަތު ހެޔޮ މަގަށް އެޅުމަށް އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް