ads
ފޮޓޯ: ވީއޯއޭ ނިއުސް
ހޮސްޕިޓަލަށް ހެދުނު ގޯހެއްގެ ސަބަބުން ދެ ކުދިން މަރުވެއްޖެ
ހޮސްޕިޓަލަށް އޮޅިގެން ކުރެވުނު ކަމެއްގެ ސަބަބުން އެއްމާބަނޑު ދެކުދިން މަރުވެ އިތުރު ކުދިންތަކަކަށް ފަރުވާ ދޭން ޖެހިއްޖެ އެވެ.

އިންޑިއާގައި ހުންނަ ކެއާ ހޮސްޕިޓަލުން ވަނީ މިދިޔަ ހަފްތާގެ ތެރޭ ކުޑަކުދިންގެ ގަޔަށް މުއްދަތް ހަމަވެފައި ހުރި އައިވީތަކެއް ޖަހާފަ އެވެ. 

މި ހާދިސާ ހިނގުމަށް މެދުވެރިވީ އެތަނުގައި ހުންނަ ފާމަސީއަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. ފާމަސީއިން މުއްދަތް ހަމަވެފައި ހުރި އައިވީތައް ކުދިންގެ ގަޔަށް ޖެހުމަށް ފޮނުވުނީ، އެތަނުގެ ސްޓޮކް ބަލަހައްޓަމުން ދިޔަ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ އަކުން ކަމަށާއި، އެ އައިވީތަކުގެ މުއްދަތް މިދިޔަ މަހުގެ ކުރީ ކޮޅު ހަމަވިނަމަވެސް ސިސްޓަމުން އެކަން ނުދެއްކީ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މި އައިވީތައް އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 17 ކުއްޖަކަށް ދީފައި ވާއިރު، އޭގެ ތެރެއިން ހާލު ދެރަވެގެން އެއްމާބަނޑު ދެ ކުދިން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އެ އައިވީ ޖެހި އެހެން ފަސް ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

"އެކުދިން ހޮސްޕިޓަލުގައި އެޑުމިޓު ކުރީ ރޯގާ ޖެހިގެން. ނަމަވެސް ކުދިން މަރުވީ ކުދިންގެ ގާގައި ހުންނަން ނުޖެހޭ މާއްދާއެއް ހުރުމުން ކަމަށް ކުދިންގެ ޕޯސްޓްމޯޓަމް އިން ވަނީ ދައްކާފަ. މިކަމާއި ގުޅިގެން ހެދި ތަހުލީލުތަކުން އެނގުނީ ކުދިންގެ ގަޔަށް ޖެހި އައިވީ ތަކަކީ މުއްދަތް ހަމެވެފައި ހުރި އައިވީތަކެއް ކަން. މިކަން އިތުރަށް މިދަނީ ބަލަމުން. މިކަމުގައި މީހެއްގެ އިހުމާލެއް ވާނަމަ އެމީހަކާއި، މެދު ވަރުގަދަ ފިޔަވަޅު އަޅާނަން." އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން އެގައުމުގެ ފުލުހުންނާއި ސިއްހީ ވުޒާރާ ގުޅިގެން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އަދި ތަހުގީގަށް ފަހު ފަހަރުގައި ހޮސްޕިޓަލު ބަންދުކުރުން ނުވަތަ ހޮސްޕިޓަލުގެ ފާމަސީ ބަންދުކުރަން ޖެހިދާނެ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

25%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް