ads
މަސްއޫދު: އޭނާއަށް ހަމަލަ ދީފައިވަނީ ސައްކަލެއްގައި ދުއްވަމުންދަނިކޮށް
މަސްއޫދަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ކެމެރާ ކުރިމަތީގައި ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

އެ މައްސަލަ ސާބިތު ނުވާ ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ.  

ޕީޖީއޮފީހުން މިއަދު ސީއެންއެމްއަށް ބުނީ އެމައްސަލަ އަދި އިސްތިއުނާފް ނުކުރާ ކަމަށާއި، އިސްތިއުނާފް ކުރަން ލިބޭ 60 ދުވަހުގެ ތެރޭ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. 

ލ. އަތޮޅު އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ޝަރީފް ބެއްލެވި މިމައްސަލާގެ ހުކުމްގައި ބުނެފައި ވަނީ ޝަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.  

your imageމެޖިސްޓްރޭޓް އަލީ ޝަރީފް

މި މައްސަލާގައި ފާޅުކަންބޮޑުކޮށް ގޯސްހަދާފައިވާ ކަމަށް ބުނެ އެ މައްސަލައިގެ ހުކުމް ކުރި މެޖިސްޓްރޭޓް އަލީ ޝަރީފްގެ މައްސަލަ ޖޭއެސްއީއަށް މިހާރުވަނީ ހުށަހަޅައިފައެވެ.

އޭރު އާއްމްވެފައިވާ ވީޑިޔޯގައި ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އަހުމަދު ސަމީމް އައިސް ދަގަނޑުބުރި އަކުން މަސްއޫދަށް ހަމަލާދީ ވަރަށް ބާރަށް ސައިކަލްގައި ދުއްވާ ފިލަ އެވެ. 

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ ފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުން ނެވެ. މި މީހާއަކީ ލ.އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއިނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުންނެވެ. 

ދައުލަތުން އެމީހާގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ފޮނަދޫ އަމީނީމަގުން އެ ރޭ މަސްއޫދު އަނބިކަބަލުން ގޮވައިގެން ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ސަމީމް އައިސް މަސްއޫދު ދުއްވަން ހުރި ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް