ads
މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްގެން ގެންދަނީ
އިންޑިއާ އައުޓާއި ގުޅިގެން މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްފި
އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އިސްމާއީލްގެ އިތުރުން "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދާތީ، ދާދިފަހުން ޕީޕީއެމް އާއި ގުޅުނު ކުރީގެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. 

މި ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުންނެވެ. މުހައްމަދު އިސްމާއީލް އާއި ތަކަނޭ އަކީ "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންކަން ފާހަގަ ކޮށްލެވެ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ މަސްލަހަތައް ގެއްލުން ހުރި ކަމެއް ކަމަށްބުނެ އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވާފަ އެވެ. އެ ގަރާރަށްފަހު ފުލުހުން ގެންދަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އެކި މަސައްކަތް ކުރަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް