ads
މޫސުން ގޯސްވެ ކަނޑުވެފައިވާ ދޯންޏެއް
މިރޭ 07:30 އާއި ހަމައަށް ނުވަ މީޓަރުން ދަށުގެ ކަނޑު އުޅަނދު ދުއްވުން މަނާ!
ފަންސާސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

އިއްޔެއިން ފެށިގެން މެޓް އޮފީހުން އަންނަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެމުންނެވެ. 

މެޓް އޮފީހުން އެންމެފަހުން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ، މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 19:30 އާއި ހަމައަށް މި ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އަދި މިވަގުތު ތަކުގައި މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. 

މެޓް އޮފީހުން އިތުރަށް ބުނީ ކަނޑުގެ ރާޅުގެ އުސްމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެ ކަމަށާއި، މި ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. 

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެކެވެ. 

23%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް