ads
ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި -- ފޮޓޯ: މަޖިލިސް
މަޖިލީހުގައި ތާރީހީ ދުވަހެއް، އެންމެ ގިނަ ވަޒީރުން ކޮމިޓީއަކަށް ވަޑައިގެންނެވީ މިއަދު
ރައްޔިތުންގެ މަޖިލީހުގައި މިއަދު މިއީ ތާރީހީ ދުވަހެކެވެ. އެގޮތުން މިއަދު މިއީ މަޖިލީހުގެ ވަކި ކޮމިޓީއަކަށް އެންމެ ގިނަ ވަޒީރުން އެއް ދުވަހެއްގައި ހާޒިރުވެވަޑައިގެންނެވި ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 9:30 ގައި އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް 13 ވަޒީރުން ހާޒިރުވެވަޑައިގެންފައިވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާއާއި ނައިބް ރައީސްއާއި ބަންޑާރަނައިބާ އެކު ވަޒީރުންގެ މަޖިލީހުގައި 22 ބޭފުޅުން ތިއްބަވަ އެވެ. ތަފާތު ސަބަބުތަކާ ގުޅިގެން ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުރުން އެހެން ހަ ވަޒީރަކު މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އެގޮތުން ކޮމިޓީއަށް ވަޑައިނުގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ހުރިހާ ވަޒީރުންނަށް ވެސް ދައުވަތު ދެއްވާފައިވެ އެވެ. މިއީ މަޖިލީހުގެ ކޮމިޓީއަކަށް ހުރިހާ ވަޒީރުން ވަޑައިގަތުމަށް ދައުވަތު ދެވުނު ފުރަތަމަ ފަހަރު ކަމަށްވެސް އެނގިފައިވެ އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލް ސާވިސް ކޮމިޝަންގެ އެއްބާރުލުން ލިބެމުންދާ މިންވަރާ ގުޅޭގޮތުންނެވެ. 

ވަޒީރުން ކޮމިޓީއަށް ހާޒިރުކުރި އިރު ކޮމިޓީން ގެންދަނީ ސިވިލް ސާވިސް ކޮމިޝަންގެ ބައެއް މައްސަލަތަކާއި އެތަނުގެ ބައެއް މެންބަރުންގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ. ނަމަވެސް އެއްވެސް މައްސަލައެއްގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް