ads
ރާއްޖެ އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްކަމަށެވެ. އޭނާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އޭނާ ހުރީ ފުލުހުންގެ ހައްޔަރުގަ ކަމަށެވެ.

މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް އައި އެމެރިކާ މީހާ ހައްޔަރު ކުރީ އޭނާ އާ މެދު ޝައްކު ކުރެވިގެން އެފަސިންޖަރުގެ ލަގެޖު ބަލައި ފާސް ކުރި އިރު ލަގެޖުން މަސްތުވާތަކެތި ފެނިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. 

އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލު ކުރިއިިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކޮކެއިން" އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. 

ކަސްޓަމްސްއިން ބުނީ އެމީހާ އަތުން އަތުލި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ ދެ ކިލޯ ހުރި ކަމަށެވެ. މިތަކެތީގެ އަގަށް މަގުމަތީގެ އަގުންނަމަ ދިހަ މިލިއަން ރުފިޔާ އަރާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް