ads
ނިތްކުރީގައި އޮށާޅަ ނެގެމުގެ ސަބަބުތަކަކީ މިއީ ކަމަށް ވެސް ވެދާނެއެވެ!
ޅަ އުމުރުގެ ކުދިންނާއި ބޮޑެތި މީހުންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މޫނުގައި ޕިމްޕަލްސް އާއި އެކްނޭ ހުރުމެވެ. ތެޔޮ ހަންގަނޑެއް ލިބިފައިވާ ނަމަ ގިނަ އަދަދަކަށް އޮށާޅަ ނަގާފައި ހުންނަ ތަން ފެނެއެވެ. ނަމަވެސް މިއީ އޮށާޅަ ނެގުމަށް މެދުވެރިވާ ހަމަ އެކަނި ސަބަބެއް ވެސް ނޫނެވެ.

އެންމެ ގިނައިން އަހަރުމެންގެ މޫނުން އޮށާޅަ ނަގާފައި ހުންނަ ތަން ފެންނަނީ ނިތްކުރީގައެވެ. ނިތްކުރީގައި އަބަދު އޮށާޅަ ނެގުމަށް މެދުވެރިވާ ބައެއް ސަބަބުތައް މި އާޓިކަލްގައި ހިމަނާލާނަމެވެ. 

ހޯމޯނަށް އަންނަ ބަދަލުތައް

ހޯމޯނަލް އިމްބެލެންސް އާއި ހޯމޯނަށް އަންނަ ބަދަލުތަކަކީ ނިތްކުރީގައި އޮށާޅަ ނެގުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ފުރާވަރަށް އަރާ އިރު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެެވެ. އޮށާޅަ ނެގުމަކީ ވެސް އޭގެ ތެރެއިން ކަމެކެވެ. ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު އަހަރުމެންގެ ހަށިގަނޑުގެ އެތެރެއަށް ބޮޑެތި ބަދަލުތަކެއް އައިސް ހަށިގަނޑުގެ އެތެރެއިން ވަރަށް ބޮޑަށް ހޫނު ނެރެލައެވެ. މީގެ ސަބަބުން އޮށާޅަ ނެގުމަށް މެދުވެރިވެއެވެ. މިއީ އެންމެންނަށް ވާ ކަމެއް ނަމަވެސް، އަންހެނުންނަށް މިކަން މާ ބޮޑަށް ވާ ކަން ފާހަގަކުރެވެއެވެ.  

އެކަށީގެންވާ މިންވަރަށް އިސްތަށިގަނޑު ނުދޮވެ ހުރުން

އަހަރުމެންނަށް ހީވެދާނެ އިސްތަށިގަނޑު ނުދޮވެ ހުރުމަކީ ހަމައެކަނި އިސްތަށިގަނޑުގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއްގެ ގޮތުގައި ނަމަވެސް އެއީ އިސްތަށިގަނޑުގެ ސިއްހަތަށް އެކަނި ގެއްލުން ލިބޭ ކަމެއް ނޫނެވެ. ނުސާފު އަދި ސިއްހަތަށް ނުރަނގަޅު ބޮލުގެ އިސްތަށިގަނޑަކީ ބެކްޓީރިއާ އާއި ޖަރާސީމުތައް އުފަންކުރުވާ އެއްޗެކެވެ. މީގެ ސަބަބުން ފަސޭހައިން ނިތްކުރީގައި އޮށާޅަ ނެގުމަށް މެދުވެރިވެއެވެ. 

ބައެއް ވައްތަރުގެ ބޭސް ބޭނުން ކުރުން

ބާތް ކޮންޓްރޯލް ޕިލްސް ފަދަ ބައެއް މަދު ބޭސްތަކެއް ގިނަ އަދަދަކަށް ބޭނުން ކުރުމުގެ ސަބަބުން، ނިތްކުރީގައި އޮށާޅަ ނެގުމަށް މެދުވެރިވެއެވެ. 

ސްޓްރެސް

ސްޓްރެސްގެ ސަބަބުން ވެސް ނިތްކުރީގައި އޮށާޅަ ނެގުމަށް މެދުވެރިވެއެވެ. ސްޓްރެސްގެ ސަބަބުން އަވަހަށް މުސްކުޅިވުމާއި، މޫނުގައި ރޫ ޖެހުން ފަދަ ބައެއް ކަންކަމަށް މަގުފަހިވެއެވެ. 

ޑޭންޑްރަފް

ނިތްކުރީގައި އޮށާޅަ ނެގުމުގައި ޑޭންޑްރަފްގެ ދައުރު ވަރަށް ބޮޑެވެ. އޭގެ ސަބަބުން ހަންގަނޑު ޑްރައިވެ ހިރުވުމަށް މެދުވެރިވެއެވެ. އަދި މީގެ ސަބަބުން އޮށާޅަ ނެގުމަށް ވެސް މެދުވެރިވެއެވެ. އަދި ޑޭންޑްރަފްގައި ފަންގަލް ޕްރޮޕަޓީސްތައް ހުރުމުގެ ސަބަބުން މޫނުގައި ޖެހިއްޖެ ނަމަ އޮށާޅަ ނެގުމަށް މެދުވެރިވެދާނެއެވެ. 

އެހެންކަމުން ނިތްކުރީގައި އޮށާޅަ ނެގުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި އިސްތަށިތައް ނިތްކުރިއާ ދުރުގައި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން މޫނު ދޮވެ ސާފު ކުރުމާއި، އިސްތަށިގަނޑު ރީތިކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ބާވަތްތައް ބޭނުން ކުރުން މަދުކޮށްލުމާއި، ގަވާއިދުން މޮއިސްޓަރައިޒް ކުރުން ހިމެނެއެވެ. އަދި ސްކިން ކެއާ ރޫޓިން އަކަށް ފޮލޯ ކުރުމާއެކު ޑައެޓަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް