ads
އަބްދުލްޣައްފާރު އަބްދުލްޣަފޫރު:
"އިންޑިއާ އައުޓު" ޖަހައިގެން ހައްޔަރުކުރީ ޖުމްހޫރީ ޕާޓީ މީހެއް!
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓު" ހަރަކާތާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ މީހެއްކަން ސީއެންއެމްއަށް އެނގިއްޖެ އެވެ.

މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދިޔަ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ލެއްގި ޢަބްދުލްޣަފޫރު ކިޔާ މީހެކެވެ. 

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި ޢަބްދުލްޣަފޫރު މިވަގުތު ހުރީ ޖުމްހޫރީ ޕާޓީގައެވެ. ހައްޔަރުކޮށްފައިވާ މި މީހާ އަކީ މީގެ ކުރިން 82 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއްކަމަށް ކްރިމިނަލް ރެކޯޑްތަކުން ދައްކަ އެވެ. 

މި ކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު "ސީއެންއެމް" އަށް ވިދާޅުުވީ، "އިންޑިޔާ އައުޓު" ހަރަކާތަކީ އެޕާޓީން ތާއީދުކުރާ ކަމެއް ނޫން ކަމަށާއި، މިވަގުތު ޖުމްހުރީ ޕާޓީ މަސައްކަތްކުރަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. 

އަލީ ސޯލިހު ވިދާޅުވީ ހައްޔަރުކޮށްފައިވާ ޢަބްދުލްޣަފޫރަކީ ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ހުރި މީހެއްތޯ ބަލައި ޕާޓީގެ އަސާސީ ގަވައިދާއި، ހިންގާ ގަވައިދާ ދެކޮޅަށް ކަމެއް ހިނގައިފައިވާނަމަ އެކަމެއް ދިރާސާ ކުރުމަށްފަހު އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. 

"އަޅުގަނޑު އަޑުއެހިތާ މިހުރީ. އިންޑިއާ އައުޓަކީ މި ޕާޓީން ތާއީދުކުރާ ކަމެއްވެސް ނޫން. ތިޔަ މީހަކު (ޢަބްދުލްޣަފޫރު) ގެ މައްސަލަ މި ޕާޓީން އިތުރަށް ބަލާނަން. އަދި ސުލޫކާ ހިލާފު ވަންޏާ ފިވަޅުވެސް އަޅާނަން. " ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގައި ހިމެނޭ ވަކިވަކި ފަރުދަކު ކުރާ މިފަދަ ކަންކަމަކީ ޖޭޕީ ނިންމުން ނޫން ކަމަށާއި، ޖޭޕީ މަސައްކަތްކުރަމުންދަނީ ސަރުކާރު ނަގަހައްޓައި ދަމަހައްޓަން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް