ads
މަރުވެފައިވާ ބޮޑުމަހެއް ވ. އަތޮޅުން އޮޔާދަނީ
ވ. އަތޮޅު އެތެރެވަރީން މަރުވެފައިވާ ބޮޑުމަހެއް އޮޔާދާކަން ސަމާލުކަމަށް ގެނެސްފައިވަނީ އެ އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ އެެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޝުޖާއު ހިއްސާކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ، މަރުވެފައިވާ ބޮޑު މަހެއް ވ. އަތޮޅު "މަޑަންގިރި" ކިޔާ ފަޅު ކައިރިން ފެނިގެން ވ. އަތޮޅު ޕޮލިސް އިން ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ. 

އަދި އެކަން އީޕީއޭއާއި އެންވަޔަރަމެންޓް މިނިސްޓްރީ އަދި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ، ކައުންސިލާއި، ފުލުހުންނާއި ގުޅިގެން މިހާރު އެ ބޮޑުމަސް ކަނޑުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި މަސް އޮޔާ ދާތީ ފެނިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ. ޝުޖާއު ވިދާޅުވީ، އެއީ "ހަމްޕްބެކް ވޭލް" އެއް ކަމަށާއި، އެފަދަ ވޭލް ވ. އަތޮޅުން އާންމުކޮށްވެސް ފެންނަ  ކަމަށެވެ. 

ނަމަވެސް މިހާރު ފެނިގެން އުޅޭ ވޭލް އެއީ އެހެން ސަރަހައްދަކުން މަރުވެގެން އެ ސަރަހައްދަށް އައިސްފައިވާ މަހެއް ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ. 

މީގެ ކުރިންވެސް ވ. އަތޮޅުން މަރުވެގެން ބޮޑުމަސް ލައްގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގާފައިވަނީ 80 އިގެ މެދު ތެރޭގައި ކަމަށް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް