ads
"ޕެރެސައިޓް" ގެ ޓީމު އުފާފާޅުކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
އޮސްކާ އެވޯޑް ފުރަތަމަ ފަހަރަށް ކޮރެއާގެ ފިލްމަކަށް!
ފިލްމު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އޮސްކާ އެވޯޑް ދެކުނު ކޮރެއާގެ "ޕެރެސައިޓް" އަށް ލިބިއްޖެ އެވެ.

މިއީ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ފިލްމަކަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. 

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ "ޖޫޑީ" އިން ރެނީ ޒެލްވެގާ އަށެވެ. އަދި އެކްޓަރުގެ އެވޯޑު ލިބުނީ "ޖޯކާ" އިން ޔޯކިން ފީނިކްސް އަށެވެ. 

އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ބްރެޑް ޕިޓަށް ލިބުނީ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އިންނެވެ. އަދި ސަޕޯޓިން އެކްޓްރެސް އެވޯޑު ލޯރާ ޑާން އަށް ލިބުނީ "މެރިޖް ސްޓޯރީ" އިންނެވެ. 

ރޭ އޮތް އޮސްކާ އެވޯޑު ހަފްލާގައި "ޕެރެސައިޓް" އަށް ވަނީ ޖުމްލަ ހަތަރު އެވޯޑު ލިބިފަ އެވެ. އަދި "1917" އަށް ތިން އެވޯޑު ލިބުނެވެ. 

"ޕެރެސައިޓް" އަކީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ދިރިއުޅޭ ދެ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ސެޓަޔާ ނުވަތަ މަޖާ ޖޮންރާއެއްގެ ފިލްމެކެވެ. 

އޮސްކާގެ 92 އަހަރުވީ ތާރީހުގައި މިއީ އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ތައްޔާރު ކުރި ފިލްމަކަށް އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް