ads
ގައިސް ނަސީރު
އަހަރެއް ފަހުން އޭއައިއޭގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

މިމަގާމަށް ހަމަޖައްސާފައިވަނީ ސ. ހިތަދޫ، ސީވިއު، ގައިސް ނަސީރު އެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރެއް ވަރު ފަހުންނެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ގައިސްގެ ކުރިއަށް ހުންނެވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް އެވެ.

ލަތީފް މަގާމުން ވަކިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިނ، އޭއައިއޭ އަކީ ދިވެހި ސަރުކާރުގެ 50 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭއައިއޭގެ އެހެން ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ ކާސާ ހޯލްޑިންގްސް 30 އިންސައްތަ، އެސްޓީއޯ 10 އިންސައްތަ އަދި އެމްއޭސީއެލް 10 އިންސައްތަ އެވެ.

އޭއައިގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދާއި، ކާސާ ހޯލްޑިންގެ ފަރާތުން އިބްރާހީމް ނޫރައްދީނާއި، ޗަމްޕާ ކުންފުނީގެ އެއް ހިއްސާދާރު ހުސައިން އަފީފާއި، ފާތިމަތު މިޒްނާ އަލީގެ އިތުރުން އައިޝަތު ޒާރާ ނިޒާރު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް