ads
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ-- ފޮޓޯ: ދަ ނޭޝަނަލް
އޮގަސްޓު މަހު ލަންކާއިން ކާނާ ހުސްވެ އިތުރު އަޑިގަނޑަކަށް ވެއްޓިދާނެ!
މި އަހަރުގެ އޮގަސްޓު މަސް އަންނަން ވާއިރަށް މުޅި ސްރީ ލަންކާއިން ކާބޯތަކެތި ހުސްވެ އެގައުމު އިތުރު އަޑިގަނޑަކަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ނޫސްތަކަށް ދިން އިންޓަވިއުއްގައި ރަނިލް ވިދާޅުވީ، އެގައުމަށް މިހާރު ދިމާވެފައިވާ ކާރިސާގެ ސަބަބުން މިހާރުވެސް އެތައް ބަޔަކަށް އޭގެ އަސަރު ކޮށްފައި ވާކަމަށާއި، މި ކާރިސާއިން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ އެއްދުވަހުން ހައްލުވާނެ ކަމެއް ނޫން ކަމަށްވެސް ރަނިލް ވިދާޅުވި އެވެ. 

މީގެ އިތުރުން ރަނިލް ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބުން، މި އަހަރުގެ އޮގަސްޓު މަހާއި ހަމައަށް އެގައުމަށް ކާބޯތަކެތީގެ ދަތިކަން ޖެހޭނެ ކަމަށާއި، އޮގަސްޓު މަހާއި ހަމައަށް އެގައުމުގެ ދަނޑުތަކުން ހައްދާ ތަކެތި މުޅިން ހުސްވާނެ ކަމަށެވެ. 

"އޮގަސްޓް މަހުން ފެށިގެން ލަންކާގައި ކާބޯތަކެތީގެ ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް. އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އަޅުގަނޑުމެން ނަށް ސަލާމަތްވެވޭނީ ކިހިނެތްތޯ ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރަނިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ދަނޑިވަޅަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެސް އެހީތެރިކަން ލަންކާއަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމުން، ނާޖާއިޒް ފައިދާ ހޯދުމަށްވެސް އެއްވެސް ގައުމެއްގެ ބޮލުގައި އެއްވެސް ކަހަލަ އިންޒާމެއް ނޭޅުވުމަށެވެ.

އަދި ޗައިނާ އަކީ އެގައުމުގެ ޒަމާންވީ އެކުވެރި ގައުމެއް ކަމަށާއި، ޗައިނާއިން މިހާރުވެސް އެގައުމަށް އެތައް އެހީތަކެއް ވަމުން އަންނަ ކަމަށް ރަނިލް ވިދާޅުވި އެވެ. 

ރަނިލް މިފަދައިން ވިދާޅުވެފައި ވީނަމަވެސް، ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ، ޗައިނާ އިން ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިއީ ޗައިނާއިން ނަގާފައިވާ ލޯނުތައް ނުދެއްކުމުން އެގައުމަށް ދިމާވި ކާރިސާއެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް