ads
ވޫހާން ސިޓީން އިނގިރޭސިވިލާތަށް ގެނައި މީހުން-- ފޮޓޯ: ޕީއޭ މީޑިއާ
ކޮރޯނާ ވައިރަހަކީ އާއްމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކަމަށް އިނގިރޭސިވިލާތުން ނިންމައިފި
ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސިވިލާތުގައި އާއްމު ސިއްހަތަށް ބޮޑު، ސީރިއަސް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އެއާއެކު އިނގިރޭސި ސަރުކާރުން ވަނީ ވައިރަހާ ދެކޮޅަށް މުޅިން އާ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން ގަދަކަމުން މީހުން ކެރެންޓީން ކުރުމުގެ ބާރުގެ ބޭނުން ކުރަން ފަށާނެ އެވެ.

މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ތިބީ ޗައިނާގަ އެވެ. އެކަމަކު އިނގިރޭސި ހަތަރު މީހެއްގެ ގައިން ވެސް މި ވައިރަސް ވަނީ ފެނިފަ އެވެ. 

ޗައިނާގައި މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 908 ގައެވެ. 

އިނގިރޭސި ހެލްތު ސެކެޓްރީ މެޓް ހޭންކޮކް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެރޯވް ޕާކް ހޮސްޕިޓަލާއި ކެންޓް ހިލްސް ޕާކް ކޮންފެރެސް ސެންޓަރަކީ މީހުން ކެރެންޓީން ކުރާ މަރުކަޒުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. 

ޗައިނާގައި މި ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީގައި ތިބި 200 އިނގިރޭސި ރައްޔިތުންނާއި ބައެއް އެހެން ގައުމުތަކުގެ މީހުން މިހާރު ވަނީ އިނގިރޭސިވިލާތަށް ގެންގޮސްފަ އެވެ. 

އެ އެންމެން ވެސް ވަނީ ދެ ހަފްތާއަށް ކެރެންޓީންކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް