ads
ައައްޑޫ ހިތަދޫ ސިޓީ ސްކެއާ--- ފޮޓޯ: ސިޓީ އޮފް އައްޑޫ
ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫގައި ގާއިމުކުރަނީ
ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރަން ނިންމާ، އެ މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ "އެލިމިނޭޓިން ޕަސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގަ އެވެ.

މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން މި މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 26 މެއި 2022 ވާ ބުރާސްފަތި ދުވަހެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ދޭއް އަދި ފުވައްމުލައް ސިޓީގައި ހުރި ޕީސީބީ ހިމެނޭ ކަމަށް ބެލެވޭ 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮއްފައިވާ 16 އާލާތެއް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރު ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން މި ފެސިލޓީގައި ސްޓްރޯ ކުރެވޭނެ  ކަމަށެވެ.

އެ މަސައްކަތް ނިމުމުން މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ. މި މަސައްކަތަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވެގެންދާނެ މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް