ads
ޕީއެސްޖީގެ އެމްބާޕޭ
އެމްބާޕޭ މިއުޅެނީ ކިހިނެތް ވެގެންތަ؟
ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އެ ގައުމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ރިއާލް މެޑްރިޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވަނިކޮށް އަނެއްކާ އޭނާގެ ޚިޔާލު ބަދަލު ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ވަނަ ފަހަރަށް ހޯދި އުމުރުން އެންމެ ތޭވީސް އަހަރުގެ އެމްބާޕޭ އަންނަ ސީޒަންގައި ފްރީ އެޖެންޓެއްގެ ގޮތުގައި ރިއާލް މެޑްރިޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށް ރިޕޯޓްތައް އާއްމުވެފައިވަނިކޮށް މިއަދު އަނެއްކާވެސް ރިޕޯޓްތައް ބުނަން ފެށީ އޭނާގެ ހިޔާލު ބަދަލުވެ ޕީއެސްޖީގައި މަޑު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހިޔާލު ބަދަލުވާން މަޖުބޫރުވި ސަބަބުތަކުގެ ތެރޭގައި އޭނާއަށް ގާތް ގުޅުމެއް އޮންނަ ފްރާންސްގެ ރައީސްގެ ދައުރެއްވެސް އެބައޮތެވެ.

ޕީއެސްޖީން އޭނާ ކްލަބުގައި މަޑު ކުރުވުމަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ބޮޑު މުސާރަ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ބެހެއްޓުމާއި ކްލަބުގެ ކޯޗު އަދި ކުޅުންތެރިން ގެނައުމުގައި އެމްބާޕޭގެ އެޕްރޫވަލް ހޯދުންވެސް ހިމެނެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް