ads
ކައްކާ ތެޔޮ--
ކެއްކުމަށް އެއްފަހަރަށްވުރެ ގިނަފަހަރު އެއް ތެޔޮގަނޑެއް ބޭނުންކުރަންތަ؟
ބަދިގޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެކައްޗަކީ 'ތެޔޮ' އެވެ. ގިނަ ނިއުޓްރިއެންޓްސް އިން މުއްސަނދިވުމާ އެކު ކާއެއްޗެހީގެ ރަހަ މީރު ކުރުމާއި ހަމައަށް ކުކިން އޮއިލް އަކީ ކެއުންތަކާއި ސިއްހަތަށް ވެސް ތަފާތެއް ގެނުވިދާނެ އެއްޗެކެވެ.

އެހެން ނަމަވެސް އިސްރާފު ކުޑަކުރުމަށްޓަކައި ވަރަށް ގިނަ މީހުން ކުރިން ބޭނުންކޮށްފައި ހުންނަ ކުކިން އޮއިލް އަލުން ބޭނުންކުރެއެވެ. ނަމަވެސް ކުކިން އޮއިލް އަލުން ބޭނުންކުރުމަކީ ހަށިގަނޑަށް ވިހަގަދަ އަދި ސިއްހީ ގިނަ ކަންބޮޑުވުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ކުރިން ވެސް ބޭނުންކުރި ކުކިން އޮއިލް ބޭނުން ކުރުމުން ލިބޭ ސިއްހީ ގެއްލުންތަކެވެ.

ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ހަށިގަނޑަށް އިތުރުކޮށްދީ، ހިތާއި ކޮގްނިޓިވް ޑިސްއޯޑާސް އަށް ފުރުސަތު ބޮޑުކޮށްދެއެވެ.

ކުރިން ބޭނުންކުރި ތެޔޮ އަނެއްކާވެސް ހޫނުކުރުމުން، އަލްޑީހައިޑްސް ފަދަ ތަފާތު ވިހަ ކެމިކަލްތަކުގެ ކޮންސެންޓްރޭޝަން މަތިވެގެން ދެއެވެ. ހަމަ އެފަދައިން ތެޔޮ އަލުން ހޫނުކުރާއިރު ދޫކުރާ އެހެން ވިހަ މާއްދާއެއް ކަމަށްވާ 4-ހައިޑްރޮކްސީ ޓްރާންސް-2-ނޮމިނަލް (އެޗްއެންއީ) އަކީ ހަށިގަނޑަށް ފުދޭވަރަކަށް ވިހަ ގަދަ އަދި ޑީއެންއޭ، އާރްއެންއޭ، އަދި ޕްރޮޓީންގެ ހަށިގަނޑަށް ބޭނުންވާ މަސައްކަތްތަކަށް ހުރަސް އެޅިދާނެ މާއްދާއެކެވެ. 

އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް ލެވެލް ތަކަށް މަގު ފަހިކޮށްދެއެވެ.

ހޫނުމިނުގައި ތެޔޮ ކައްކާއިރު، ބައެއް ފެޓްސް، ޓްރާންސް ފެޓްސް އަށް ބަދަލުވެއެވެ. އަދި މި އޮއިލް އަލުން ހޫނުކުރާއިރު، ޓްރާންސް ފެޓްސް މަތީ މިންވަރަކަށް ދޫކޮށްލައެވެ. މިއީ މުޅި ސިއްހަތަށް ނުހަނު ގެއްލުންހުރި ކަމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން މި ކަން ތަކުރާރުވާ ނަމަ، ސްޓްރޯކް، އޮބީސިޓީ، ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ހަޖަމު ނުވުން އަދި ހިތުގެ ބަލިތައް ފަދަ ސިއްހީ މަައްސަލަތަކާއި ކުރިމަތިވެއެވެ. ޓްރާންސް ފެޓް ގިނައިން ބޭނުން ކުރުމުން ހަށިގަނޑުގައި އެކުލެވިގެންވާ އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު މަތިވެގެން ދެއެވެ.

އެސިޑިޓީ އާއި އަނދާ ކަމުގެ އިހުސާސް ކުރުވައެވެ. 

ކުކިން އޮއިލް އަލުން ބޭނުން ކުރުމަކީ ރަންސިޑިޓީ ނަމަކަށް ކިޔާ ވިހަ ގަދަ ޕްރޮސެސްއަކަށް މަގުފަހިވާ ކަމެކެވެ. ރަންސިޑިޓީ އަކީ މޮއިސްޗާ، ވައި ނުވަތަ އަލިއަށް ތެޔޮ މަގުފަހިވުމުން، ތެޔޮތައް ފުރިހަމަ ނުވާ ނުވަތަ ފުރިހަމަ އޮކްސިޑޭޝަން ގެ ތެރެއަށްދާ ޕްރޮސެސް އަށް ކިޔާ ނަމެވެ. މި ޕްރޮސެސްގެ ތެރެއިން ތެޔޮ ދާ ކޮންމެ ފަހަރަކު އޭގެން ކައްކާ އެއްޗެހީގެ ރަހަ އާއި ވަހަށް ބަދަލު ގެނުވައެެވެ. މިފަދަ ތެލާއި ކާބޯތަކެތި ބޭނުންކުރުމަކީ އެސިޑިޓީ ގެ ނުރައްކާ އިތުރުވެ، ބަނޑުގެ އެތެރޭގައި އަނދާކަމުގެ އިހުސާސު ކުރުވައި، ކަރުގެ މައްސަލަތަކުގެ އިތުރުން ވެސް އެތަކެއް މައްސަލަތައް ޖެހުމާއި ކުރިމަތިވެދާނެ ކަމެކެވެ. 

އިންފްލެމޭޝަން އާއި ކެންސަރުޖެހުމުގެ ފުރުސަތު ބޮޑުކޮށްލައެވެ.

ކާސިނޯޖެން އަކީ ހަށިގަނޑުގައި ކެންސަރު އުފެދުމާއި ގުޅިފައިވާ މާއްދާއެކެވެ. އެއް ފަހަރު ކައްކާފައި ހުންނަ ތެޔޮ އަލުން ހޫނު ކުރުމުގެ ސަބަބުން އޭގައި ހިމެނޭ ގެއްލުންދެނިވި މާއްދާތައް ކަމަށްވާ ޕޮލިސިކްލިކް އެރޯމެޓިކް ހައިޑްރޯކާބަންސް (ޕީއޭއެޗް) އިތުރުކޮށްލައެވެ. އަދި ހަށިގަނޑުގައި ކެންސަރު ގެ ނުރައްކާ ބޮޑުވުމާއި އިންފްލެމޭޝަން ގެ ނުރައްކާ ތަކާ ގުޅިފައިވާ އަލްޑީހައިޑްސް ފަދަ މާއްދާތައް އިތުރުކޮށްދެއެވެ. މީގެ އިތުރުން މާ ގިނަ ދުވަސްތަކެއް ވަންދެން ހައި އިންފްލެމޭޝަން ގެ ޝިކާރައަކަށް ވެފައިވާ ނަމަ، ނުބައި ނުވަތަ އަލުން ބޭނުން ކުރާ ކުކިން އޮއިލް ކެއުމަކީ އިތުރަށް ގެއްލުން ލިބިދާނެ ކަމެކެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ މިކަމުގެ ސަބަބުން އިމިޔުނިޓީ ދަށްވެ، ތަފާތު ބަލިތަކާއި އިންފެކްޝަންތަކުގެ ޝިކާރައަކަށް ވެދާނެއެވެ.

74%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް