ads
މަދިރި ހޯހޯ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
"މަދިރި ހޯހޯ" ކެމްޕޭން ފަށައިފި
އެޗްޕީއޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭން އިފްތިތާހް ކޮށްދެއްވަމުން މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފަ އެވެ. "މަދިރި ހޯހޯ" ކެމްޕޭނުގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ހާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ސަރުކާރުގެ މުއައްސަސާތައް ނުވަތަ ސްކޫލް ތަކާއި، ޕޮލިސް އެމްއެންޑީއެފް، މިތަންތަތުން އެކަނި ނުކުމެ މިހެން ފާހަގަކޮށްލެވޭ ދުވަހެއްގެ ވަގުތުކޮޅެއްގައި ސާފުކޮށްލުމަކުން މިކަން ނުވާނެ. އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ޤަބޫލު ކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރި ކަމާއި ސާފުތާހިރު ކަމުގައި ދެމެހެއްޓުމަށް“މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރި ވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާއި އެކު މުއައްސަސާ ތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވުމަށް މޭޔަރު މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް