ads
މަންކީ ޕޮކްސް ޖެހިފައިވާ މީހެއް----
އެއްޖިންސުން ގުޅުން ހިންގުމުން ޖެހޭ މަންކީ ޕޮކްސް 12 ގައުމަކުން ފެނިއްޖެ
ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަންކީޕޮކްސް ގެ 80 އަށް ވުރެ ގިނަ ކޭސް މިހާތަނަށް 12 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މި ބައްޔަކީ، ޖަނަވާރުންގެ ކިބައިން ޖެހޭ ބަޔެއް ކަމަށް ކުރިން ބެލެވިފައި ވީނަމަވެސް، މި ބަލި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ފުށުން އެހެން މީހުންނަށް ޖެހޭ ކަމަށް، އިނގިރޭސިވިލާތުގެ ޑޮކްޓަރުން ވަނީ ދާދިފަހުން ބުނެފަ އެވެ. 

އަދި މިކަމަކީ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައި ނުވާ ބައްޔެއް ކަމުން މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި ކަމާއި އެކު ފެތުރިގެން ހިނގައިދާނެ ކަމަށް ގިނަ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. 

ޑަބްލިއުއެޗްއޯއިން ބުނީ، މަކީ ޕޮކްސް ކަމަށް ބެލެވޭ އިތުރު 50 އަށް ވުރެ ގިނަ ކޭސް ވެސް ތަހުލީލު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކޭސްތައް ފެނުނު ގައުމުތަކުގެ ނަންތަކެއް ޑަބްލިއުއެޗްއޯއިން އަދި ހާމައެއް ނުކުރެއެވެހ.

މެދުތެރޭ އަދި ހުޅަނގު އެފްރިކާގައި އާއްމު މި ބަލި މިފަހުން ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ނުވަ ގައުމެއް ހިމެނޭކަން ޔޫރަޕުގެ ޕަބްލިކް ހެލްތު އެޖެންސީތަކުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ބަލި ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ގައުމުތައް

  1. އެމެރިކާ
  2. ޕޯޗުގަލް 
  3. ސްޕެއިން
  4. ޖާމަނީ
  5. ބެލްޖިއަމް
  6. ފްރާންސް
  7. ނެދަލޭންޑްސް
  8. އިޓަލީ
  9. ސްވެޑެން

އެމެރިކާއިން މިހާތަނަށް 20 ކޭސް ފެނިފައިވާއިރު، މި ވައިރަސް ފެނުމާއި ގުޅިގެން އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ، މި ވައިރަސް ހުރި މީހަކީ، ކެނެޑާއިން އެގައުމަށް އެތެރެވި މީހެއް ކަމަށާއި، އޭނާގެ ފަރާތުން މި ބަލި އެހެން މީހުންނަށް ޖެހިފައި ވާކަމަށެވެ. 

މަންކީޕޮކްސް އަށް މިހާތަނަށް ފަރުވާއެއް ލިބޭ ހާއްސަ ވެކްސިނެއް އުފައްދައިފައި ނުވިނަމަވެސް ސްމޯލްޕޮކްސް(ކަށިވިދުރީ)ގެ ވެކްސިން ދިނުމުން މަންކީޕޮކްސް ބަލީގެ 85 އިންސައްތަ މީހުންނަށް ރައްކާތެރިކަން ލިބެއެވެ.

މި ބަލި ޖެހިފައިވާ މީހަކާއި ގާތުން ބައްދަލުވެ އުޅުމުން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. ހަލާކުވެފައިވާ ހަންގަނޑުގެ ތެރެއިންނާއި ލޮލާއި، ނޭފަތް އަދި އަނގައިން މި ވައިރަސް ހަށިގަނޑަށް ވަދެއެވެ. 

ޖިންސީ ގުޅުމުން ގައިންގަޔަށް އެރުމުގެ ފުރުސަތު އޮތް މި ބަލި ޔޫކޭއިން މިފަހަރު ފެނުނުއިރު ގިނައިން ފެނިފައިވަނީ، އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ކިބައިންނެވެ. އެގައުމުން މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެންނުން އެމީހުންގެ މައުލޫމާތު ހެލްތު އެޖެންސީތަކަށް ދިނުމަށް އަންގާފައެވެ.

ޔޫރަޕުގެ ނުވަގައުމަކުން މި ބަލި ފެނިފައިވާއިރު، އިންސާނީ ހައްޤުތަކުގެ ތެރެއިން އެމީހަކު ބޭނުންގޮތަކަށް ޖިންސީ އެދުންވެރިކަން ފުއްދުމުގެ އިހްތިޔާރު ދެވިފައިއޮންނާންވާނެކަމަށް އެންމެބޮޑަށް ވަކާލާތު ކުރަނީ ވެސް ޔޫރަޕުގެ ގައުމުތަކުންނެވެ. 

އިސްލާމު ދީނުގައި އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާޠުކުރުމުގެ ހުކުމަކީ އެކަމުގައި ބައިވެރިވާ ދެފަރާތަށް ގަތުލުގެ ހުކުމް ކަނޑައެޅިފައިވާ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އެކަމުގެ ސަޒާއަކީ ގަތުލު ކަމުގައި އަޞްޙާބުންނާއި ތާބިއީން، އުންމަތުގެ ސަލަފުން އިތްތިފާގުވެވަޑައިގަންނަވައެވެ. 

އަބޫދާވޫދާއި އައްތިރުމިޛީއާއި އިބުނު މާޖާ، މިތިން އިމާމުން އިބްނު އައްބާސްގެ އަރިހުން ރަނގަޅުސަނަދުން ރިވާކުރައްވާފައިވެއެވެ. އިތުރުއެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ލޫޠު ގައުމުގެ މީހުން ކުރި އަމަލު ކުރަނިކޮށް ތިޔަބައިމީހުނަށް ފެނިއްޖެނަމަ އެކަން ކުރާ ދެފަރާތް ގަތުލު ކުރާށެވެ.”

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
70%
ވަރަށް ސަލާމް
ކޮމެންޓްސް